އުކާލާފައި ހުރި ކުނިތަކެއްގެ ތެރޭގައި، ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އަދި އަންހެނެއް ފެންނަ ފޮޓޯއެއް އިއްޔެއިން ފެށިގެން ސޯސަލް މީޑިއާ ގައި ދައުރުވަމުން ދިޔައެވެ. އެއީ ކޮން ބައެއްތޯ، ކިހިނެތްވީ ކަމެއްތޯ ބަލާލުމުގެ ޝައުގުވެރިިކަމުގައި ހުއްޓާ އެ ފޮޓޯތަކުގައި ތިބި މީހުންގެ މަންޒަރު އަޅުގަނޑަށް މީހަކު ކިޔައިދީފިއެވެ. އެ ފޮޓޯއިން ފެންނަނީ 7 އަހަރުގެ އަންހެން ކުއްޖަކާއި، 4 އަހަރުގެ ފިރިހެން ކުއްޖެކެވެ. ދެން ފެންނަނީ އެ ދެ ކުދިންގެ މަންމަންއެވެ. އެ ތަނުގައި އެމީހުން ’ގޮނޑު ހޮވަނީ‘ އެއް ނޫނެވެ. އެއީ އެކުދިންނާ މަންމަގެ ސާމާނެވެ. ހިފާގެންގުޅޭ ބައެއް ސާމާނާއި އަންނައުނެވެ. އަދި ސްކޫލު ފޮތްތަކެވެ. އިއްޔެގެ ވަގުތެއްގައި އެ ކުދިންގެ ބައްޕަވަނީ މި ހުރިހާ އެއްޗެއް މަގުމައްޗަށް އުކާލާފައެވެ. މި ފޮޓޯއިން އެ ފެންނަނީ އެތަނުން އެންމެ މުހިއްމު ސްކޫލު ފޮތް ފަދަ ސާމާނުތައް ނަގައިގެން މިހާރު ދިރިއުޅޭ ދުވަހު ކުލީ ކޮޓަރިއަށް ގެންދާ މަންޒަރެވެ.

މި ހިތްދަތި ހާދިސާއިން ސޯސަލް މީޑިއާގައި ދައުރުވަނީ އެތައް އަނިޔާއަކާއި ވޭނެއްގެ ފަހު މަންޒަރުގެ ވަރަށް ކުޑަ ތަސްވީރެކެވެ. އާއްމުންގެ ލޯތަކަށް ނުފެނި އެތައް އަނިޔާއެއް ތަހައްމަލު ކޮށްފިއެވެ. އެ ކުދިންގެ މަންމަގެ ވާހަކަ ފަށަނީ މިގޮތަށެވެ.
- އަނިޔާ، ފުރައްސާރާ، ޖެއްސުން ކުރުން:
ދެމީހުން މައްސަލަ ޖެހި، އަންހެން މީހާ ވަރިކުރިއެވެ. އެހެން ވިޔަސް އެ އަންހެން މިހާ ވަންނާނެ ތަނެއް ނެތުމުން ދިރިއުޅެމުންދިޔައީ ކުރީގެ ފިރިމީހާގެ ގޭގަ ހުރި ކޮޓަރިއެއްގައެވެ. އެތަނުގައި ދިރިއުޅެން ފެށުމުން ކުރީގެ ފިރިމީހާގެ އަނިޔާ އާއި ޖެއްސުން ކުރުންތައް އިންތިހާއަށް ލިބުނެވެ. މި ގޮތުން ކޮވިޑް ލޮކްޑައުން ތެރޭގައިވެސް ކުދިންނާ އެކީ ގެއިން ނެރެލާ މަގުމަތިކުރިއެވެ.
މައްސަލަ ޖެހުނު ފަހަރެއްގައި ފާހަނާގައި އިންދާ މަގުމައްޗަށް ނެރެ އެއްލާލިއިރު ގައިގަ ކިރިޔާ ތުވާލި އޮޅާލެވުނީއެވެ. އޭގެ ފަހުންވެސް އެތައް ފަހަރަކު ގެއިން ނެރެ ތަޅާ އަނިޔާކޮށް ސިޑި މަތިން ވެސް ވައްޓާލިއެވެ. ރުޅި އަންނަ ފަހަރުތަކުގައި ވަޅިން ހަމަލަދީ ވަޅިން ބިރު ދެއްކުންވެސް އެއީ ކުރީގެ ފިރިމީހާ (ކުދިންގެ ބައްޕަގެ) ވަރަށް ބޮޑު އާދައެކެވެ. މި ކަމާ ގުޅިގެން ކޯޓު އަމުރެއް ނެރެފައިވިޔަސް އެ އަމުރަކަށް އަމަލެއް ނުކުރެއެވެ.
މިއިން ކޮންމެ ފަހަރަކު ގެއިން ނެރެލުމުންވެސް ވަންނާނެ ތަނެއް ނެތުމުން އަނެއްކާވެސް ގޮަސް ވަންނަނީ ފިރިމީހާގެ ގޭގައި ހުރި ކޮޓަރިއަށެވެ. އެތަނުގައި ދިރިއުޅެނިކޮށް (ފަހަކަށް އައިސް ) އެތައް ފަހަރެއްގެ މަތިން ފެނާއި ކަރަންޓު ކަނޑާލާފައިވެއެވެ. ނަމަވެސް ކުޑަކުދިންތަކެއް ގޮވައިގެން އިތުރު ގޮތެއް ފެންނަން ނެތުމުން ކެއްކޮށްލައިގެން ހުންނަނީއެވެ.
މިކަންކަން މިގޮތަށް ތަކުރާރު ވަމުން ގޮސް އެންމެ ފަހުން މިދިޔަ މަހު ވަނީ، އެމީހުން ގޭގަ ނެތް ވަގުތު ކޮޓަރީގެ ތަޅު ބަދަލުކޮށް ގެއިން ނެރެލާފައެވެ. ތިން މައިން ގެންދާނެ އިތުރު އަންނައުނެއް ނުދިންތާންގައި ކުދިންގެ ޔުނީފޯމާއި ފޮތްތަކެއް ވެސް ނުދިނެވެ.
އެހެން ކަމުން ކުދިން ގޮވައިގެން މަންމަ ދިޔައީ ދުވަހު ކުއްޔަށް ދޭ ކޮޓަރިއަކަށެވެ. އެތަނުގައި ކަރަންޓު އުނދުނެއް ބަހައްޓައިގެން ރޮަށި ފިހެގެން ކިރިޔާ ކުލި ދެއްކޭ ވަރުވާ ކަމެވެ. ކުރީގެ ފިރިމާ ކުދިންނަށް ހަރަދު ނުދޭތީއާއި އަދި އުޅެން ޖެހިފައިވާ ހާލަތުގެ ސަބަބުން އެ ކުދިން ސްކޫލަށް ނުފޮނުވޭތާ ވެސް މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ހުރިހާ މައްސަލައެއްވެސް ވަނީ ޖެންޑަރ މިނިސްޓްރީ އަށާއި ޕޮލިހަށް ހުށައަޅާފައެވެ.
- މަމްސް ޖަމުއިއްޔާގެ ސަމާލު ކަމަށް، އެދެނީ އާއްމުން ގެ އެހީތެރިކަން:
މަމްސް ޖަމިއްޔާ އިން އެދެނީ އަންހެން މީހާގެ ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް އެހީފޯރުކޮށްދިނުމަށެވެ.
މަމްސް އެއިޑުން ބޭނުންވަނީ މި މަންމައަށް ވީހާވެސް ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމަށެވެ. މި ގޮތުން ހެޔޮ އަގުގައި ކުއްޔަށް އުޅޭނެ ތަނެއް ނަގައިދީ، ކުދިން ގަވައިދުން ސްކޫލަށް ފޮނުވޭނެ ގޮތެއް މަގުފަހިކޮށްދިނުމާއި އާމްދަނީ ހޯދުމަށް އިތުރު އެހެން ގޮތުން ހޯދާދިނުމަށް ވެސް މަމްސް އެއިޑުން ބޭނުންވެއެވެ.
މި އާއިލާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭނެ ފަރާތްތަކުން މޮމްސް އެއިޑުގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް އެ ފަރާތުން އެދެއެވެ.
މި އާއިލާއަށް އެހީގެ ގޮތުގައި ހޯދަނީ:
1 ކޮޓަރީގެ އެޕާޓްމަންޓެއް (6000ރ ވުރެ އަގުބޮޑު ނޫން)
ކުލީގެ އެޑްވާންސް ފައިސާ،
ކުޑަކުދިންގެ ޔުނިފޯމް،
ބަދިގެ ސާމާނާއި ކައްކާ ކައިބޮއި އުޅޭ ސާާމާނު،
ބެޑްރޫމް ފަރުނީޗަރ،
7 އަހަރުގެ އަންހެން ކުއްޖަކަށް ބޭނުން ކުރެވޭ ހެދުން (އަތްދިގު)، 4 އަހަރުގެ ފިރިހެން ކުއްޖަކަށް ލެވޭނެ އަންނައުނު،
މީގެ އިތުރުންވެސް އެހީތެރިކަމެއް ދެއްވަން ބޭނުންވާ ފާރާތްތަކުން މި ނަމްބަރު ތަކުން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، މަމްސް އެއިޑް އެކައުންޓްސް މެދުވެރިކޮަށް ވެސް ފައިސާގެ އެހީތެރިކަން ދެވިދާނެކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.
މަމްސް އެއިޑުގެ އެކައުންޓު ނަމްބަރު: MVR 7730000294482، USD 7730000294483
ފޯން 9851477, 7688122, 7849393, 7762160




