• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު ރަށަކުން ހަތް މީހުން ހައްޔަރުކޮށްފި

by މުރާސިލު
މާރޗް 9, 2021
in ޚަބަރު
0
މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު ރަށަކުން ހަތް މީހުން ހައްޔަރުކޮށްފި

Photo: Police media

          މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

             ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެގޮތުން ހިންގި އެއް އޮޕަރޭޝަނަކީ ނ. މާޅެންދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެވެ. މި މާރިޗު މަހުގެ 8 ވަނަ ދުވަހު ލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 43 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އަދި އެމީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

          އޭގެ އިތުރުން، ތ. ތިމަރަފުށީގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 36 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ފުޓުބޯޅަ ދަނޑު ކައިރިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.

        ކ. ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުމު މައުލޫމާތަކާ ގުޅިގެން މި މަހު 8 ވަނަ ދުވަހު ހިންމަފުށީގައިވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅު ފެނިފައިވެއެވެ.

          އަދި ޅ. ހިންނަވަރުގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގާފައިވެއެވެ. އެގޮތުން މި މަހު 8 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނުގެ ތެރެއިން އެއް އޮޕަރޭޝަނުގައި 24 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި މާލެއިން ހިންނަވަރަށް އައި ލޯންޗަކުން އެރަށު ބަނދަރަށް ބާލާފައިހުރި ވެރިއަކުނެތް ފޮށިގަނޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އޭގެ އިތުރުން މި މަހު 7 ވަނަ ދުވަހު ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި 39 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.       މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހަރަކާތްތަކުގައި މި އަހަރުގެ މިހާތަނަށްވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތިވަނީ އަތުލައިގަނެފައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©