މާލެއާއި އައްޑޫ ސިޓީއާއި ދޭތެރޭ ދަތުރުކުރާ މުދާ އުފުލާ ބޯޓު ’އާގަލާ ކުއީނަށް‘ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މާލެއިން ފުރައިގެން 9 ފަޅުވެރިންނާއި އަދި ގިނަ އަދަދެއްގެ މުދާ އަރުވައިގެން އައްޑޫސިޓީއަށް ދަތުރުކުރަމުންދަނިކޮށް އެ ބޯޓުގެ ސްޓީރިން (ހުންގާނު ސިސްޓަމް) ފެއިލްވީ ލ.އިސްދޫ ކައިރިންނެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމުން ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ވިއްސާރަ ދުވަސްވަރެއްކަމުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މެޓު އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.