ދަ ޑިމޮކްރެޓްސް ޕާޓީ އުފެދުއްނީއްސުރެ، އެ ޕާޓީގެ ހިންގުންތެރި އިސް މެމްބަރެއް ކަމަށްވާ އަނޫޝާ އަބްދުއްލަތީފު (އަނޫ)، ޑިމޮކްރެޓްސް އިން ވަކިވެއްޖެއެވެ.
ރައީސް ނަޝިދު އިސްވެ ހުންނަވައި ހެއްދެވި ސިޔާސީ ޕާޓީއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންއަންނަ މިދަނޑިވަޅުގައި އަނޫޝާގެ ޝަކުވާއަކީވެސް ޕާޓީގައި މަޝްވަރާ ކުރުމާއި ޑިމޮކްރެޓިކް ހަމަތަކުން ސިޔާސީ ޕާޓީއެއްގައި ހިނގަން ޖެހޭ އެއްވެސް ކަމެއް ނުހިނގާ މައްސަލައެވެ. ހާއްސަކޮށް މި ފަހުން ނިމުނު އެތެރޭޣެ އިންތިހާބުގެ ކަންކަމަށް ޕާޓީގެ މެމްބަރުންވެސް ނުރުހުން އަމާޒުވި އިރު އެމައްސަލާގައި އަނޫޝާގެ ވެސް ހިތްހަމަނުޖެހުން ވަރަށް ބޮޑެވެ.
މުރާސިލަށް މައުލޫމާތު ދެމުން އަނޫޝާ ބުނީ ދަ ޑިމޮކްރެޓްސް ޕާޓީން ވަކިވުމަށް ނިންމި މައިގަނޑު 3 ސަބަބެއް މެދުވެރިގެން ކަމަށާއި މި ގޮތުން އެންމެ ފުރަތަމަ ފާހަގަކުރީ މި ފަހުން ބޭއްވި އެތެރޭގެ އިންތިހާބުގައި ކަން ހިނގި ގޮތެވެ. ޕާޓީގެ ހަމަ ތަކާއި އަސާސްތަކާއި ހިލާފަށް އެތެރޭގެ އިންތިހާބުގެ ނަތިޖާ އޮޅުވާލުމާއި 24 ގަޑިއިރުވެގެންދިޔައިރުވެސް ނަތީޖާ އިއުލާންނުކޮށް، ނަތީޖާ ހިފެހެއްޓުމަކީ އަނޫޝާގެ އިތުރުން މެމްބަރުންވެސް އެންމެ ބޮޑަށް ހިތްހަމަނުޖެހުނު ކަންތަކެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ އިންތިހާބުގައި ވޯޓުލުމުގެ ކަންތަކުގައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް، ޕާޓީގެ އެކި ގުނަވަންތަކަށް ވޯޓުލާފައިވާ މައްސަލައެވެ. މިސާލެއްގެ ގޮތުން ފާހަގަކުރީ އަންހެނުންނަށް ހާއްސަކޮށްފައިވާ މަގާމުތަކަށް ހަމައެކަނި ވޯޓު ލެވޭނީ އަންހެން މެމްބަރުންނަށް ކަމަށްވިޔަސް ފިރިހެން މެމްބަރުންވެސް ވޯޓުގައި ބައިވެރިވެ ވޯޓުލީ މައްސަލައެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީވެސް މިފަހުން ނިމުނު އެތެރޭގެ އިންތިހާބުގެ މައްސަލައެކެވެ. މިގޮތުން އަނޫޝާ މެން ފަދަ މެމްބަރުން ނުވަތަ އާއްމު މެމްބަރުން ވޯޓުލައިގެން، މެމްބަރުން ބޭނުންވާ ލީޑަރޝިޕެއް ހޮވުމުގެ ފުރުސަތު ގެއްލި ވަކި ބަޔަކު ބޭނުންވާ ބަޔަކު ޕާޓީގެ ލީޑަރޝިޕަށް ގެނައުމަށް މި ވޯޓަށް ނުފޫޒު ފޯރުވައި، މި ވޯޓަކީ އެ ބޭނުމުގައި ނެގި ވޯޓެއް ކަމަށް އަނޫޝާ ދެކެއެވެ.
އަނޫޝާ މީގެ ކުރިން ސޯސަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި ދަ ޑިމޮކްރެޓްސް ޕާޓީގައިވެސް އަދި ކުރިން މަސައްކަތް ކުރި ސިޔާސީ ޕާޓީތަކުގައިވެސް ކުރެވުނު މުހިއްމު މަސައްކަތްތަކަށް ފަހުރުވެރިވާ ކަމަށާއި، އެ ޕާޓީތަކަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަނޫޝާ އަކީ ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް ފަހު ސިޔާސީ ދާއިރާގައި ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެކެވެ. މި ގޮތުން މި ފަހުންއަންހެނުންނަށް ސިޔާސީ މައިދާނުގައި އަދި ގައުމުގެ މުހިއްމު ކަންކަން ނިންމުން ނިންމޭނެ ފަދަ މަގާމުތަކެއްގައި ތިބެން ޖެހޭނެ ކަމަށްބުނެ ’މިންތީގެ ފަރަގަށް ގާނޫނީ ފަރުވާ‘ ގެ ނަމުގައި އަންހެނުން ބާރުވެރި ކުރުމުގެ ކެމްޕޭނެއްވަނީ ފަށާފައެވެ. މި ކަމުގައި ރައްޔިތުންގެ މަޖުލީހާއި އެނޫންވެސް އެކިއެކި ސިޔާސީ ފަރާތްތަކާއި ބައްދަލުކޮށް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ޗާގޯސް ކަނޑުގެ މައްސަލައިގަ އުފެދުނު ވޯކިން ގުރޫޕުގައި ބައިވެރިވެ އިސްދައުރެއް އަދާކޮށްފައިވެއެވެ.
ވަކިވެ ވިަކިވޭ ދަނޑިިގައި ޑިމޮކުރެސީނެތް
ތިޔައއަންނސޮރަށް ރާއްޖޭގެ އެއްވެސްމީހަކު ތާއީދުކުރާނެ ކަމެއްނެތް އެއީ ޑިމޮކުރެސީގެ ކަންފުޅެއްވެސް ހުރިމިހެއްނޫން ވަރަށް ވަރަށް ސާފް
އަނޫސާއަކީ އެމްޑީފީން ޖާސޫސު ކުރަން ފޮނުވާފަ ހުރި މީހެއް އެވެސްހަމައެތް ނުކުރެވިގެން ނެއްނޫ އެދިޔައީ ޑިމޮކްރެސްޓުސްގެ ނަން ކިލަބުކޮށް ލާނަމޭ ހިތާ އުޅުނީ އެކަމެއްވެސް ނުވި ދެން ޖެހޭނީ އަބުރާ ވަތައް ޖަހަންތާދޯ