• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެއްވެސް ފަރާތަކުން ކޮރަޕްޝަނުގެ އަމަލެއް ހިންގާ ނަމަ ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނަން – ރައީސް ޑރ.މުއިއްޒު

by މުރާސިލު
ޑިސެމްބަރ 7, 2023
in ޚަބަރު
0
އެއްވެސް ފަރާތަކުން ކޮރަޕްޝަނުގެ އަމަލެއް ހިންގާ ނަމަ ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނަން – ރައީސް ޑރ.މުއިއްޒު

މި ސަރުކާރު ކޮރަޕްޓްނުވެ ހިންގާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުގެ އެއްވެސް ފަރާތެއް ކޮރަޕްޝަންގެ ޢަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގައި ވިދާޅުވެފައެވެ. ހަމަ އެއާއެކު ކޮރަޕްޝަނާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކުރެވެންހުރި މަސައްކަތްތައް ޢިލްމީ ފެންވަރުގައި ކުރިއަށްގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ ސިޔާސަތަކަށްވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުންދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިއަހަރުގެ ޝިއާރު ”ޔުނައިޓިންގ ދަ ވަރލްޑް އަގެއިންސްޓް ކޮރަޕްޝަން“ ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއްޅުއްވައިލެއްވިއެވެ. މިގޮތުން، މި ޝިއާރުންވެސް އެނގެނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި މުޅި ދުނިޔެ އެކައްޗަކަށް ވާންޖެހޭކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމީ މަސައްކަތަކަށް ހަދަންޖެހޭކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ކޮންމެ މީހަކުވެސް އެމީހަކާ ހަމައިން ކޮރަޕްޝަނަށް ނޫނެކޭ ބުނަން ފެށުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، އެއްވެސް ފަރުދަކު އެ އޮންނަ އުސޫލުން ބޭރުން ކަންކަމަށް ނޭދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ޤައުމުގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައް އަމާނަތްތެރިވުމަށާއި، ފަރުވާތެރިވުމަށާއި، އިޚްލާސްތެރިވުމަށާއި، ދީންވެރި ހިތެއްގެ ވެރިއަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރު އެޅުއްވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާހު ކޮށްދެއްވާފައެވެ. މި އެކަޑަމީގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަނާއި، އިޤްތިޞާދީ ކުށްތައް ތަޙުޤީޤުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަޞީލަތް ބިނާކުރުމެވެ.

މިއަދުގެ ޖަލްސާގައި، ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތުގެ ޤައުމީ ފެންވަރުގެ ދިރާސާ ”ނޭޝަނަލް ކޮރަޕްޝަން ޕަރސެޕްޝަން ސަރވޭ 2023“ ނެރެދެއްވުންއޮތެވެ. އަދި ކޮރަޕްޝަން ރިސްކް ސެލްފް އެސަސްމަންޓް ޓޫލްކިޓް އާންމުކުރުމާއެކު، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު ވެސް އިފްތިތާހު ކުރެއްވުންއޮތެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©