ރޭ އައްޑޫ ސިޓީ ގައި އަލިފާނުގެ ހާދިސާތަކެއް ހިނގައިފިއެވެ.
މި ގޮތުން ފުރަތަމަ ރޯވެފައިވަނީ އައްޑޫ ސިޓީ ކުނި އަޅާފައިވާ ދެ ތަނެއްގައެވެ. މ ދެ ތަނުގައި ރޯވި އަލިފާން މާ ބޮޑަށް ނުފެތުރެނީސް އެމްއެންޑީއެގް ފަޔަރ އެންޑް ރެސްކިއު ގެ ފަޔަރ ފައިޓަރުން ވަނީ ނިއްވާލާފައެވެ. އޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ގައި ކޮފީ ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ޓޯރެފް ގާޑިޔާގައިވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ތަނުގައި ރޯވެ ހުރިހާ އެއްޗެއް ވަނީ އަނދާ ހުލިވެފައެވެ. މި ތަނުގައި ރޯވި އަލިފާން ގަނޑުވެސް އެމްއެންޑީއެގް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ނިއްވާލާފައެވެ.
މި ހާދިސާ ތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެެއެވެ. މި ހާދިސާތައް ހިނގީ ކޮން ސަބަބެއް ކަމެއް މިހާތަނަށް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.