• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޔާމީންގެ ބިޔަ ކެމްޕޭނު ބޯޑު ބިމާ ހަމަކޮށްލި ގޮތުން ފާޑުކިޔުން ސިޓީކައުންސިލާއި ޕީއެންސީއަށް

by މުރާސިލު
އޮކްޓޯބަރ 7, 2023
in ޚަބަރު
0
ޔާމީންގެ ބިޔަ ކެމްޕޭނު ބޯޑު ބިމާ ހަމަކޮށްލި ގޮތުން ފާޑުކިޔުން ސިޓީކައުންސިލާއި ޕީއެންސީއަށް

ކުރީގެ ރައީސް އަދި ޕީޕއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރ ޔާމީން އަބްދުލްގައްޔޫމުގެ ބިޔަ ކެމްޕޭނު ބޯޑު ބިމާ ހަމަކޮށްލި ގޮތުން ގިނަބަޔަކު ފާޑުކިޔުން، ޕީއެންސީއާއި ސިޓީކައުންސިލަށް އަމާޒުވެއްޖެއެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒުގެ ކޮންޓްރޯލް އޮންނަ ސިޓީ ކައުންސިލުގެ މުއައްޒަފުން ޔާމީންގެ ފޮޓޯ ޖެހި ރިޔާސީ ކެމްޕޭނުގެ ބިޔަ ބިލްބޯޑު ބިމާ ހަމަކޮށްލީ އޭގައިވާ ރައީސް ޔާމީންގެ ތަސްވިރާއި އެކީ އެއްވެ ތިބި ގިނަ ބައެއްގެ ހާޒިރުގައެވެ.

Me board mi ah vure reethi koh nagan jeheynee. pic.twitter.com/BZm27y4SkD

— Ahmed Arif (@Arttey) October 7, 2023

އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ޕީޕީއެމްގެ ސަޕޯޓަރެއް އެކްސް ގައި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނި އެނޫން ގޮތަކަށްވެސް އެ ބޯޑު ނެގޭނެ ކަމަށެވެ. އޭގައިވާ ބިޔަ ކެންވާސް (ޔާމީންގެ ތަސްވީރު ޕްރިންޓުކޮށްފައިވާ ސަތަރިގަނޑު) ނައްޓާލުމަށް ފަހު ބޯޑު ވަކިން ނެގޭނެ ކަމަށާއި، ދަގަނޑު ކަފާ ގްރޭންޑަރުން އެ ބޯޑުގެ ފައިތަށް ބުރިކޮށް، ވާ ޖަހައިގެން ވައްޓާލުމުން ދޭހަކޮށްދެނީ އެއްވެސް ވަރެއްގެ ގަދަރެއް އަގެއް ނެތް އެއްޗެއްގެ ގޮތުގައި ކަމަށެެވެ. ރައީސް ޔާމީންގެ އެހެން ސަޕޯޓަރެއްގެ ކަންބޮޑު ވުމަކީ މާލޭގައި މިހާރުވެސް އެތައް ބިލްބޯޑެއްގައި އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒާއި ސެމްބެއާއި އެކު ޔާމިން ހުންނެވި ކެމްޕޭން ބޯޑުތައް ބެހެއްޓުމަށްފަހު ހަމައެކަނި އެ ބޯޑު އަވަސްއަރުވާލައިގެން ވައްޓާލުމުންނެވެ. 2018 ގައި އެމްޑީޕީއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބުކޮށް، ހުވާ ކުރަންދެން އެތައް ދުވަހެއް ވަންދެން ޔާމިން (ރައީސް ސޯލިހާއި 2018ގައި ވާދަކުރެއްވި) ކެމްޕޭނު ބޯޑުތައް ހުރިއިރު، ރައީސް ޔާމީން ނިސްބަތްވާ އެމަނިކުފާނު ލީޑުކުރައްވާ ކޯލިޝަންގެ ވެރިކަމަށް އައުމުން ހުވާވެސް ނުކުރަނީސް އެކަން އެގޮތަށް ކުރަނީ ކޮން ނިޔަތެއްގައި ކުރި ކަމެއްކަން ނޭންގުނަސް އާއްމުންނާ ސިޔާސީ ދާއިރާގެ ފަރާތްތަށް ބުނަމުންދަނީ ރައީސް ޔާމިން މި ވެރިކަމުގަ އެހާ ބޮޑުކޮށް ފެންނަން ބޭނުން ނުވާ ބަޔަކު ކުރުވާ ކަމެއްގެ ގޮތުގައެވެ.

How it started How it's going pic.twitter.com/puJnW6f6Z8

— Nissa Saeed 🇲🇻💛 (@nissasaeed) October 7, 2023

މި ކަމާ ބެހޭގޮތުން އެކަނިކުފާނު ނިސްބާތްވާ ޕާޓީގެ އެއްވެސް އިސް ބޭފުޅެއް ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށް ވާހަކަދައްކާފައި ނުވެއެވެ. ސިޓީކައުންސިލުންވެސް އާއްމުންގެ ފާޑުކިޔުން އަމާޒުވުމުންވެސް މިކަމާ ބެހޭގޮތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ރައީސް ޔާމީން ވަނީ ގެއަށް ބަދަލު ކުރިފަހުން ނުސީދާކޮށް ޕިޕިއެމް ޕީއެންސީގެ ބައެއް އިސްވެރިންނަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ބަޔަކު ބޮޑުތި މަގާމުތަކަށް އަންނަނީ އެމަނިކުފާނު ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށާއި އެހާ އަވަހަށް އެކަން ހަނދާންނެތި ފިނި ކޮޓަރީގައި ތިބޭ ބަޔަކަށް ލީޑަރޝިޕުުން އަމަލުކޮށްގެން ނުވާނެކަމަށެވެ. އެމަނިކުފާނަށްޓަކައި އަަބަދުވެސް މަގުމަތީގައި ތިބެނީ އާދައިގެ އާއްމު މެމްބަރުން ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©