• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ބޭނުމީ ދާއިރާ ތަމްސީލު ކުރަން – ނަޝީދު

by މުރާސިލު
ޖޫން 7, 2023
in ޚަބަރު
0
ބޭނުމީ ދާއިރާ ތަމްސީލު ކުރަން – ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ދޫކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަން ބޭނުންފުޅުވާކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލްކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރުގެ ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ، މަޖިލިހަށް ހުށަހަޅާ ކަންކަމުގައި ބަހުސް ކުރައްވަން ކެތް މަދުވެފައި ހުންނެވި ކަމަށާއި، މެދު ދާއިރާ ތަމްސީލްކޮށް، ބަހުސްގައި ބައިވެރިވެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު މިއަދު ވަނީ އެ މައްސަލާގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ވަރަށް ކުރުކޮށް ވިދާޅުވެފަ އެވެ.

”މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް،“ ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަމަށް ނަޝީދު އިންތިހާބުކުރައްވާފައިވަނީ، 2019 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ބެއްވި ރައްޔިތުންގެ މަޖިލީހުގެ 67 ވަނަ ޖަލްސާގައި، 67 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނަޝީދާ ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް އެ ފަހަރު ލިބިވަޑައިގެންނެވީ 17 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް ނަޝީދު ވަކިކުރަން ފާސްކޮށްފައިވާއިރު، ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ. އެއީ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓެވެ. ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލާގައި މިހާތަނަށް ވަނީ 54 މެމްބަރުން ސޮއިކުރައްވާފައެވެ.

މަޖުލީހުގެ މަސައްކަތް ހުއްޓާލައި ހަމައެކަނި އިދިކޮޅު މެމްބަރުންގެ ގަރާރާއި، އެމަނިކުފާނު އުފައްދަވާ ސިޔާސީ ޕާޓީގެ މަޖްލިސް މެމްބަރުން ހުށައަޅާ ގަރާރުތައް ފިޔަވައި އެހެން ކަމެއް މަޖުލީހުގައި ކުރަމުންނުދާތީ އާއްމުންނާ އަދި އެހެން މެމްބަރުންގެ ފާޑުކިޔުން އިންތިހާއަށް ނަޝީދަށް ވަނީ އަމާޒުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©