• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކޭޕާކު ރެސިޑެންސް އިން ލަނޑު ލިބުނު މީހުން ޕޮލިހަށް އަންގަން އެދެފި

by މުރާސިލު
މެއި 7, 2023
in ޚަބަރު
0
ކޭޕާކު ރެސިޑެންސް އިން ލަނޑު ލިބުނު މީހުން ޕޮލިހަށް އަންގަން އެދެފި

ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އާބަންކޯ (ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނާއި) ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާޓް ރެސިޑެންސް އެޕާޓްމަންޓުތައް ވިއްކުމުގައި، އެ ކުންފުނީގެ ހިއްސާދާރެއް މަކަރާއި ހީލަތް ހަދާފައިވާތީވެ، އެ އެޕާޓްމަންޓުތައް ގަތް ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތް ނަމަ މޯލްޑިވްސް ޕޮލިސްއަށް ހުށައެޅުމަށް އެ ފަރާތުން އިލްތިމާސްކޮށްފިއެވެ.

މި އަދު ޕޮލިހުން ނެރެފައިވާ ބަޔާނެއްގައި ބަޔާންކޮށްފައިވަނީ ކޭޕާކް ރެސިޑެންޓްސް ގެ އެޕާޓްމަންޓުތައް ވިއްކުމުގައި އެ ކުންފުނީގެ ހިއްސާދާރެއް ކަމަަށް ވާ މަމްދޫހު (މަންޑޭ) ބޭނުންކޮށްފައިވަނީ ސައްހަ ނޫން ލިއުންތަކެއް ކަމަށެވެ. މި ގޮތުން ފޯޖުކޮށްފައިވާ ލިއުންތަކެއް ބޭނުންކޮށްެގެން އެތައް ބަޔަކަށް ލަނޑުދީ، އަދި މައި ހިއްސާދާރަށް ނޭންގި ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާތީވެ، އެ މައްސަލަވަނީ ހަންބޯ ކުންފުނިންނާއި އަދި އާބަންކޯ އިންވެސް ޕޮލިހަށް ހުށައަޅާފައިވާ ކަމަށާއި އަދި ޕޮލިހުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެހެން ކަމުން ޝަކުވާ ހުށައަޅަން އެދޭ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާމަންޓުގެ 9790048 ނަމްބަރަށް ގުޅައި އެކަމެއް ހިއްސާ ކުރަން ޕޮލިހުން އިލްތިމާސް ކުރެއެވެ.

ކޭ-ޕާކް މަޝްރޫއު ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީ އަކީ މަޝްރޫއު ހިންގައި މާކެޓްކުރުން ފަދަ ކަންކަމާ ރާއްޖޭން ހަވާލުވި ކުންފުންޏެވެ.

އެކަމަކު އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާ އެކު އޮތް އެއްބަސްވުން މިދިޔަ ހަފްތާގައި އުވާލާފައިވާ ކަމަށް ހަންބޯ ޓެކް ކޮރެއާ އިން ވަނީ ބުނެފަ އެވެ.

ހަންބޯގެ ރާއްޖޭ ކުންފުނީގެ މައި ހިއްސާދާރު އަދި ކޮންޓްރެކްޓަރު ޖިން، އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ މައްޗަށް ތުހުމަތުކޮށްފައިވާ ގޮތުގައި، އޭނާ އަށް ނޭނގި މަންޑޭ ވަނީ އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވެސް ވިއްކައި ފައިސާ ނަގައި އެ ބޭނުންކޮށްފަ އެވެ.

މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ޖިން ވަނީ ތުހުމަތުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©