ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިން ވެރިޔާ ސްކީމުގެ ކަންކަމަާ ބެހޭޣޮތުން އޭސީސީން ދައްކަމުން އައި ވާހަކަ ތަކަކީ ރަނގަޅު ވާހަކަ ތަކެއްނޫން ކަމަށް ހާމަވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި އޭސީސީން ވަނީ ފުލެޓު ދިނުންވެސް ހުއްޓުވައި، ސަރުކާރަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. ސަރުކާރު ބަދަލުވެ ޑރ.މުއިއްޒު ވެރިކަމާ ހަވާލުވުމުން މި ސަރުކާރުން ހައުސިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ.ހައިދަރު ވަނީ ފުލެޓުތަކުގެ ކަންތައްތައް އޭސީސީން ވަދެފައިވާތީ އެކަން ލަސްވެދާނެ ކަމަށް ބުނެފައެވެ.
ނަަމަވެސް އޭސީސީ އަދި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ މަޖުލީހުގެ ކޮމެޓީއަށް ހާޟިރު ކުރުމުން ކުރިން އެބޭފުޅުން ދައްކާފައިވަނީ ރަނގަޅު ވާހަކަތަކެއް ނޫންކަން ވަނީ އެނގިފައެވެ. މި ގޮތުން މިނިސްޓަރު ކުރިން ވިދާޅުވީ ގެދޮރު ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދީފައިވާ ކަމަށާއި، މި ސަރުކާރުން އަމަލުކުރާނީ އޭސީސީން އަންގާ ގޮތެއްގެ މަތިން ކަމަށެވެ. ނަމަވެސް ފަހުން ޑރ.ހައިދަރު ވިދާޅުވީ އެހެން ބުނެވިފައިވަނީ އޮޅިގެން ކަމަށާއި އޭސީސީއަށް އެކްސެސް އަދި ނުދެވޭ ކަމަށެވެ. އޭސީސީން ބޭނުންވަނީ މުޅި ސިސްޓަމުގެ ފުލްއެކްސެސް (ކޮންޓޯރު ހޯދައި) ހައުސިން މިނިސްޓްރީއަށްވެސް އެ ދުވަސްވަރުގައި ސިސްޓަމަށް ނުވަދެވޭ ގޮތް ހެދުމަށް ކަމަށްވާތީ އެކަމާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އޭސީސީން ފުލެޓާއި ބިމުގެ މައްސަލައިގެ ތެރެއަށް ވަތްއިރު އެ ޕްރޮސެސް ވަނީ ނިމިފައިކަމަށްވެސް މިއަދު ވަނީ އެނގިފައެވެ. ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގައި ހަރަކާތްތެރިވި އޮފިޝަލުން މިއަދު މަޖުލީހުގެ ކޮމެޓީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭސީސީން އެންގިއިރު އެކަން ވަނީ ނިމިފައެވެ. އޭގެ އިތުރުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޭސީސީން ފާހަގަކުރި ޕޮއިންޓު އޮޅުވާލާފައިވާ މައްސަލައެވެ. މި ގޮތުން އޭސީސީން ކުރިން ބުނެފައިވަނީ ޕޯޓަލްއަށް ހުށައެޅުމުން ބައެއް މީހުންގެ ޕޮއިންޓު އުނި އިތުރު ގެނެސްފައިވާ ކަމަށެވެ. މި ކަމަށް ރައްދު ދެމުން ގެދޮރުވެރިޔާގެ ކޮމެޓީގެ އިސްބޭފުޅުން ވިދާޅުވީ ޕޯޓަލްގެ އެއްވެސް އެކްސެސްއެއް ނުލިބޭ އިރު އެ ވާހަކަ އޭސީސީން އެ ދައްކަނީ އެއްވެސް ވަރެއްގެ ހަގީގަތެއްނެތް ވާހަކައެއްގެ ގޮތުގައި ކަމަށާއި ޕޯޓަލްއަށް ނުވަދެވޭ ބަޔަކު އެހެން ބުނަނީ ކިހިނެތްތޯ ސުވާލު އުފައްދާފައެވެ. އެ ބޭފުޅުން ތުހުމަތު ކުަނީ އޭސީސީން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް، އެއްވެސް ހެއްކެއް ނެތި، އެހެން ވާހަކަ ދެއްކުމުން އޭސީސީގެ ނިޔަވް ވަރަށް ސާފު ކަަމަށެެވެ. އޭސީސީން ބޭނުންވަނީ ހިޔާލީ ވާހަކަތަކެއް ދައްކައިގެން ރައްޔިތުން މެދުގައި ފިތުނަ ފަސާދަ އާއި ރުޅިވެރިކަން އުފައްދައި، ބޯހިޔާވަހިކަމުގެ މަޝްރޫއު ލަސްކޮށްލުން ކަމަށެވެ. ދައުލަތުގެ ހައިބަތު ބޮޑު އިހުތިރާމު ލިބިގެންވާ އިދާރާއަކުން ސިޔާސީ އެކްޓިވިސްޓުން ގޮތުގައި އުޅޭ އުޅުމަށްވެސް ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.





އޭ މިތިބަ ފްލެޓް ކޮމިޓީއާއެވެ..މާލޭގައި ދިރި އުޅެ މީހުންނާ އިނދެ 8 ކުދިން ލިބި..އެއްކޮޓަރިއެއްގައި ގެންގުޅެ 40 އަހަރު ހޭދަކުރި މީހުންގެ ގެއްލުނު ހައްގުތައް ކޮބާހެއްޔެވެ..މީގެ ފަސްއަހަރުކުރިން މާލެ އައި މީހުންނަށް އެކެއް ނޫނީ ދެކުދިން ލިބުނީމާ ފުލެޓް ހައްގުވެ ފްލެޓް ދިނީތާއެވެ.40 އަހަރުވީ މީހުންގެ ދަރިންގެ ދަރިން ވެސް އެބަތިއްބެވެ.ހަމަ އެއްކޮޓަރީގައެވެ.