• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ލޯކަލް ކައުންސިލު ގާނޫނުގެ އިސްލާހާއި އިންތިހާބުތަކާ ބެހޭ އާާއްމު ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރައްވައިފި

by މުރާސިލު
ނޮވެމްބަރ 6, 2023
in ޚަބަރު
0
ލޯކަލް ކައުންސިލު ގާނޫނުގެ އިސްލާހާއި އިންތިހާބުތަކާ ބެހޭ އާާއްމު ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރައްވައިފި

ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، 2023 އޮކްޓޫބަރ 25 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގައާއި، އެ ނިންމުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައި ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ޢަމަލުކުރާނެ އުޞޫލުވެސް ވަނީ މި ބިލުގައި ކަނޑައަޅާފައެވެ. މީގެ އިތުރުން ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާ ނަމަ ކަނޑައަޅާފައިވާ މުއްދަތު ގުނަން ފަށާނީ އިސްވެ ބަޔާންކުރެވުނު 5 ދުވަސް ހަމަވާ ވަގުތުން ފެށިގެންކަމުގައި ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ..

މީގެ އިތުރުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޞްދީޤު ކުރައްވާފައެވެ. މިބިލަކީ، 2023 އޮކްޓޫބަރ 16 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލުން އެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރެގައި، ޤާނޫނުގެ 65 ވަނަ މާއްދާއަށް، (ނ) ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފައެވެ. މި އަކުރުގައި ވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިޢުނާފުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފައެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތުވެސް މި އަކުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާޙުގައި، ކޮންމެ އިންތިޚާބަކަށްފަހު، އެ އިންތިޚާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ޤާނޫނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެއެ. މީގެ އިތުރުންވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލުގައި (ޤާނޫނު ނަންބަރު 11/2008)ގެ އެކިއެކި މާއްދާތަކަށް އިސްލާޙް ހުށަހަޅާފައިވެއެވެ.

މި އިސްލާހު ކުރެވުނު މާއްދާތަކަށް، ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ޑިސެމްބަރ 6, 2023
ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި

ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި

ޑިސެމްބަރ 6, 2023
މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ

މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ

ޑިސެމްބަރ 6, 2023
ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު

ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު

ޑިސެމްބަރ 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި
  • ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި
  • މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ
  • ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު
  • މެޑިކަލް ޗެކަޕް، އައިވީއެފް އަދި ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުވާއިރު ކުރަން ޖެހޭ ހަރަދު އާސަންދައިން ލިބޭގޮތް ހަމަޖައްސައިފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©