ދުބާއީގައި އުޅެފައި އައި ސްރީލަންކާގެ ރައްޔިތެއްގެ ގައިން މަންކީޕކޮސް ފެނިއްޖެއެވެ. ސްރީލަންކާގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ބޭރުންއައި 20 އަހަރުގެ ޒުވާނަކު މަންކީޕކޮސްގެ އަލާމަތްތައް ފެނިގެން ޓެސްޓުކުރުމުން ވަނީ މަންކީޕކޮސް އަށް ޕޮޒިޓިވް ވެފައެވެ.
ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅޭ ރާއްޖެއާއި އެންމެ ކައިރި ގައުމުކަމަށްވާ ސްރީލަންކާއިން މަންކީޕޮކްސްގެ ބަލިމީހަކު ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
ޑަބްލިއުއެޗްއޯއިން ޕެންޑަމިކެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ބައްޔަކީ ލެއިން ނުވަތަ ހަށިގަނޑުގައި އުފެދޭ ތެތްކަމުގެ ޒަރީއާއިން އެކަކުގައިން އަނެކަކުގަޔަށް ފަސޭހަކަމާއެކު ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގައި ފުރާނައަށް ނުރައްކާވާ މިންވަރުވެސް ވަނީ ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ. މި ބައްޔަށް ސީދާ ފަރުވާއެއް އަދި ހޯދިފައިނުވާއިރު މި އަހަރު އެކަނިވެސް 200 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.




