ދީނީ އިލްމުވެރިންގެ މެދުގައި އުފައްދާފައިވާ އިލްމުވެރިންގެ ގުޅުމުން މި ފަހަރު ގެ ރިޔާސީ އިންތިހާބު ގައި ތާއިދު ކުރާނެ ކެންޑީޑޭޓަށް ހޮވުމަށް ހުޅުވާލުމުން %75 އިލްމުވެރިން މުއިއްޒަށް ތާއިދު ނުކުރަން ނިންމަވައިފިއެވެ. މުއިއްޒަށް ތާއިދުކޮށް ކެމްޕޭނު ކުރަމުންދާ ރައީސް ޔާމީނުގެ ކުރީގެ ރަނިންމޭޓު ޑރ. ޝަހީމާއި، ސަލަފު ޖަމުއިއްޔާއިން ބޭނުންވެގެން ނެގި ވޯޓުގައި 363 އިލްމުވެރިންގެ ތެރެއިން ބައިވެރިވެފައިވަނީ 105 އިލްމުވެރިންނެވެ. މީގެ ތެރެއިން މުއިއްޒަށް ތާއިދުކުރާ ކަމަށް ވޯޓު ދެއްވީ 87 ބޭފުޅުންނެވެ.
މި ވޯޓަކީ ހަފްތާއަކަށްވުރެ ގިނަދުވަސްތަކެއް މަޝްވަރާއާއި އެ ބޭފުޅުން ތެރޭގައި މުއިއްޒަށް ތާއިދު ކުރުމަށް ވަރަށް ވަރުގަދަ ކެމްޕޭނު ތަކެއްވެސް ކުރުމަށް ފަހު ނެގި ވޯޓެކެވެ. މި ފަދަ ވޯޓަކަށް މި ފަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިލާފައިވާ އެއްވެސް ކެންޑިޑޭޓެއް އެދިފައިނުވެއެވެ. މި ވޯޓު ބޭނުން ވެގެން ހަމައެކަނި ކެމްޕޭން ކުރެއްވީ ޑރ. މުއިއްޒަށް ތާއިދު ކުރައްވާ އިލްމުވެރިންގެ ގުޅުމަށް ނިސްބަތްވާ އިލްމުވެރިންނެވެ. މި ބޭފުޅުންގެ ސޯސަލް މީޑިއާގައިވެސް މީގެކުރިން ވަނީ މި ހަރަކާތުގެ ފޮޓޯތަކާއި ޝުއޫރުތައް ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.
މީޑިއާތަކުން މިއަދު މި ހަބަރު ކަވަރުކުރިގޮތް ކުށްވެރިކުރަމުން އަދާލަތު ޕާޓީގެ މެމްބަރު މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެފައިވަނީ ބައެއް މީޑިޢާތަކުންނާއި ސޯސަލް މީޑިއާގައި އަދާލަތު ޕާޓީގެ އިލްމުވެރިންވެސް މުއިއްޒަށް ތާއިދު ކުރުމަށް ވޯޓު ދިން ކަމަށާއި ނަމަވެސް އެކަމުގައި އެ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވާ ކަމަށެވެ.
ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓު މުއިއްޒަށް ކުރެވޭ ހިޔާނާތުގެ މައްސަލަތަކާއި ކަރަަޕްޝަނާއި އަދި އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ މައްސަލަތަކާއި ހާއްސަކޮށް މިނިސްޓަރުކަމުގައި ހުންނަވައި ޕްރޮޖެކްޓު ހިންގި ކުންފުނިތަކުން މުއިއްޒު އެކައުންޓަށް ފައިސާ ޖަމާކޮށްދީފައިވާތީވެ އެ މައްސަލަތަކުގެ އެއްވެސް ވާހަކައެއް މުއިއްޒަށް ތާއިދުކުރައްވާ ދީނީ އިލްމުވެރިން ރައްދެއް ނުދެއްވައެބެ.
ރައީސް ސޯލިހުގެ ކެމްޕޭނުގައި ލަވަޖެހުމާއި އަންހެންވެރިން ގެ ނެށުމާ މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުން ބޭނުން ކުރުމުން ފާޑުކިއަމުން ދިޔަ ދީނީ އިލްމުވެރިން މިއަދު މުއިއްޒާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން އެކަން ކުރަމުންދާއިރު ހަނު ހުރުމުންވެސް އާއްމުންގެ ފާޑުކިއުން އެބޭފުޅުންނަށްވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އިލްމުވެރިންނެއް އަނިޔާވެރިކަމަކަށް ތާއީދެއް ނުކުރާނެ. ތާއީދުކުރިކަމަށް ތި ބުނާ 87 މީހުންނަކަށް ޢިލްމުވެރިންނެކޭ ނުކިޔާނެ.
ރައީސް އިބުރާހިމަށް ތާއީދު ކުރީ ކިތަށް ޕަސެންޓު ކަން އާޓިކަލް ގަ ހިމަނާލި ނަމަ އާޓިކަލް މާ ފުރިހަމަ ވިސް
އަނިޔާއަށް ތާއީދު ކުރޭބާ ޢިލްމުވެރިން އެހެން ވެއްޖެއްޔާ އެއީކީ ޢިލްމު ވެރިން ކަމަކަށް ބުއްދި ޤަބޫލެއް ނުކުރޭ އަދި ޚާއްސަކޮށް ޑޮކް ޝަހީމު އަށް ކޮންމެސް ކަހަލަ ސިކުނޑީގެ ބައްޔެއް ޖެހިފަވާ ކަމަށް ބެލެވެނީ!