• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފަލަސްތީނުގެ ނަމުގައި މެމްބަރު އިބްރާހިމް އުފައްދަނީ ފިތުނަ – ޝާހިދު

by މުރާސިލު
ޖޫން 5, 2024
in ޚަބަރު
0
ފަލަސްތީނުގެ ނަމުގައި މެމްބަރު އިބްރާހިމް އުފައްދަނީ ފިތުނަ – ޝާހިދު

ފަލަސްތީނުގެ ނަމުގައި އެއްވެސް ކަމެއްގައި ދޮގުވާހަކަ ދައްކައި ފިތުނަ ފަސާދަ ނުވުމަށް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ. އެމްޑީޕީގެ ރައީސް ޝާހިދު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ މަޖުލިސް މެމްބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ގެ ވާހަކައަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުންނެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މަޖުލިސް މެމްބަރު އިބްރާހިމް މުހައްމަދު ސޯސަލް މީޑިއާގައި މިއަދު ވިދާޅުވީ އެމެރިކާއިން ރާއްޖެއަށް ދަތިކުރަން އުޅެނީ އަބްދުﷲ ޝާހިދު އަޑީގައި ހުރެގެން ކަމަށާއި އެކަން އެބޭފުޅާއަށް އެނގޭ ކަމަށެވެ. އަދި އެކަން ބެލުމަށްވެސް އިބްރާހިމް ވަނީ ގޮވާލައްވާފައެވެ. އެ ވާހަކައަށް ރައްދު ދެއްވައި އަބްދުﷲ ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލާގައި ގައުމު އެކަތިގަނޑެއްގައި އެއް ވާހަކައެއް ދައްކަމުންދާ ދަނޑިވަޅެއްގައި މަޖުލިސް މެމްބަރަކަށް ހުންނަވައި އިބްރާހިމް މަސައްކަތް ކުރައްވަނީ ފިތުނަ ފަސާދަ އުފައްދައި ބައިބައި ކޮށްލުމަށް ކަމަށެވެ. ޔަހޫދީން ބޭނުންވާ ގޮތަކީވެސް އެއީ ކަމަށާއި އިބްރާހިމް ގެ އަމަލުން ޔަހޫދީންނަށް ހިތްވަރު ލިބޭ ކަމަށެވެ.

މެމްބަރު އިބްރާހިމް މުހައްމަދު އެކްސްގައި ލިއުއްވި މެސެޖަަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ކޮންމެ ކަމަކަށް ދީނީ ކާޑު ކުޅެ، ފިތުނަ ފާސަދަ ދޮގު ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ ކަމަށާއި ވެރިކަމުގައި ތިބޭ ބަޔަކު ދައްކަން ހެޔޮނުވާ ވާހަކަ ސަރުކާރަަށް ނިސްބަތްވާ މެމްބަރުން ދެއްކެވުން ހުއްޓުވާދިނުމަަށް ރައީސް މުއިއްޒު އަރިހުގައި އެދޭ ކަމަށްވެސް ބައެއް މީހުން ސޯސަލް މިޑިއާގައި ފާޅުކުރި ހިޔާލުގައި ބުނެފައިވެއެވެ.

އަބްދުﷲ ޝާހިދު ނިސްބަތްވާ އެމްޑީޕީގެ މަޖުލިސް މެމްބަރު މީކާއިލު އަހުމަދު ވަނީ އިޒްރޭލު ޕާސްޕޯޓު ބޭނުން ކުރާ މީހުން ރާއްޖެއަށް އެތެރެ ނުވެނޭނެ ގޮތަށް އަަމަލު ކުރުމަށް ބިލެއް ހުށައަޅާފައެވެ. މި ބިލުގައި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތަސް އިޒްރޭލު ޕާސްޕޯޓެއް ގެންގުޅޭ ނަމަ އެމީހަކަށްވެސް ރާއްޖެ އެތެރެ ނުވެވޭނެ ގޮތަަށް ވަނީ ބިލުގައި ހިމަނާފައެވެ. މި ބިލު ހުށައެޅުމުން ސަރުކާރުންވެސް ވަނީ އިޒްރޭލު ޕާސްޕޯޓު ބޭނުންކުރާ މީހުން އެތެރެ ނުވެވޭނެ ގޮތަށް އިމިގްރޭޝަނުގެ ގާނޫނަށް ބަދަލު ގެނައުމަށް މަޖުލީހަށް ހުށައެޅުމަށް ނިންމާފައެވެ. ރައްޔިތުންގެ މަޖުލީހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލު ކުރަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.

އިޒްރޭލުގެ ޕާސްޕޯޓު ބޭނުންކުރާ މީހުން ރާއްޖެ އެތެރެ ނުވެނޭނެ ގޮތަަށް ގާނޫނަށް ބަދަލު ގެނައުމަށް ނިންމުމަ ގުޅިގެން އެމެރިކާގެ ކޮންގްރެސް މެމްބަރަކުވަނީ އެމެރިކާއިން ރާއްޖެއަށް ވަމުންދާ އެހީތަށް ކަނޑާލުމަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އޭޕްރިލް 25, 2026
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©