ފެމެލީ ކޯޓުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ މަހުގައި ކޮށްފައިވަނީ 174 ކާވެންޏެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކޮށްފައިވަނީ 195 ކާވެންޏެވެ.
މި އަހަރުގެ ވަރީގެ ނިސްބަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހަށްވުރެ ވަނީ ދަށްވެފައެވެ. މި އަހަރުގެ ޖެނުއަރީމަހު 88 ވަރި ރެކޯޑުކުރެވިފައިވާއިރު މި ދިޔަ އަހަރު ވަނީ 127 މީހުން ޖެނުއަރީ މަހު ވަރިވެފައެވެ.
ފެމެލީ ކޯޓުގެ އެހެނިހެން ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު ހުށައެޅިފައިވާ ކުޑަކުދިންނާ ގުޅޭ މައްސަލަތައް:
-ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އަމުރު 3 މައްސަލަ
-ކުޑަކުދިންގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކުރުމުގެ 2 މައްސަލަ
-ދަރިން ނުދައްކައިގެން 2 މައްސަލަ
-ކުއްޖާ އިހުތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ 2 މައްސަލަ