ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފުލެޓާއި ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ޕޯޓަލްއަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށް ހައުސިން މިނިސްޓަރ ޑރ.ހައިދަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖުލީހުގެ ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ބަދަލު ގެންނަން ޖެހިފައިވާ އެއްޗެއް ކަމަށާއި ޕޯޓަލްއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.
ގެދޮރުވެރިޔާގެ ޕޯޓަލަކީ ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވާ، އޭގެއިން ހުރިހާ މައުލޫމާތެއް ބަލާލެވޭ ގޮތަށް ހަދާފައިވާ ޕޯޓަލެއް ކަމަށް ކުރީ ސަރުކާރުންނާއި އަދި ޕޯޓަލް ބޭނުންކުރާ ފަރާތްތަކުންވެސް ވަނީ ބުނެފައެވެ. މި ސަރުކާރުން ގެދޮރުވެރިޔާގެ ޕޯޓަލްއަށް ގެންނަނީ ކޮން ބަދަލެއް ކަމެއް މިނސިްޓަރު ވިދާޅެއް ނުވެއެވެ.