އާއިލާއަށް ހަބަރު ނުވެގެން ކުޅުދުއްފުށި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މިމަހު 3 ވަނަ ދުވަހު އާއިލާއިން ކުރި ރިޕޯޓަކާއި ގުޅިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި / ލަންދޫގެ، އަބްދުﷲ އިބްރާހިމް (39އ) އެވެ. މީނާ ގެއްލިގެން ހޯދަނީ ކޮން ތަނަކުން ކަމެއް އަދި ގެއްލިގެން އުޅޭތާވީ ދުވަހެއް ޕޮލިހުން ހާމައެއް ނުކުރެއެވެ.
މި ފަހަކަށް އައިސް ގެއްލޭ މީހުން ނުވަތަ ގެއްލިގެން ހޯދާ މީހުން ދާދީ އަވަހަށް ފެނުނަސް އެ މީހާ ގެއްލިގެން އުޅެފައިވާ ތަނެއް ނުވަތަ ހަބަރެއްނުވެ އުޅުނު ސަބަބެއް ޕޮލިހުން ހާމައެއް ނުކުރެއެވެ. މިކަމުގެ ސަބަބުން އާއްމުން ފާޑުކިޔުން އަމާޒުވެ ގެއްލިގެން ހޯދާ މީހުންނަށް އެހާ ބޮޑު ސަމާލުކަމެއްދޭ ތަނެއް ނުފެނެއެވެ. މި ފަދަ މައުލޫމާތު މީޑިއާއާއި ހިއްސާ ނުކުރަނީ އާއިލާގެ އެދުމުގެ މަތިން ކަމަށްވެއެވެ.