• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

’އިބަމަ‘ މ.އަތޮޅުގައި ގާއިމުކޮށްފި

by މުރާސިލު
ޖޫން 4, 2024
in ޚަބަރު
0
’އިބަމަ‘ މ.އަތޮޅުގައި ގާއިމުކޮށްފި

އިޖުތިމާއި ބަދަހި މަދަދުވެރިން (އިބަމަ) މ.އަތޮޅުގައި ގާއިމުކޮށްފިއެވެ.

އިޖުތިމާއި އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މ. އަަތޮޅުގައި އިބަމަ ގާއިމު ކުރުމުގެ ގޮތުން އެ އަތޮޅުގެ ރަށްތަކުގައި އިބަމަ ގުރޫޕުތައް އުފެއްދުމަށްޓަަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް މިހާރު ފެށިގެން ކުރިއަށްއެބަދެއެވެ.

ތިން ދުވަހުގެ މުއްދަތަށް މ. މުލީގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި މ. އަތޮޅުގެ ހަ ރަށަކުން ޖުމްލަ 34 މީހުން ބައިވެރިވެފައިވެއެވެ. ޔުނިސެފްގެ އެހީގައި މި މިވުޒާރާއިން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި އިބަމަ ގްރޫޕްތައް ރަށްރަށުގައި ޤާއިމުކުރުމުގެ ބޭނުމާއި، އިބަމައިގައި ހިމެނޭ މެންބަރުންގެ ޒިންމާތަކާއި، އަދާކުރަންޖެހޭ ދައުރާއި، އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިބަމައިގައި ހިމެނޭ މެންބަރުން ސަމާލުވާންވީ ކަންކަމާއި އަދި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭފޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ޙާލަތު ރަގަޅު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި މީގެ އިތުރުން މިމަސައްކަތްތައް ކުރުމަށް އިބަމަ މެމްބަރުންނަށް ބޭނުންވާނޭ ތަފާތު އެކި ހުނަރުތައް ތަރައްޤީ ކުރުމަށްވެސް މި ތަމްރީން ޕްރޮގްރާމްގައި މަސައްކަތްކުރެވޭނެއެވެ. މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމް ނިމުމާއެކު އިޖުތިމާއި އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް މ. މުލީގައި މިހާރު ތިބި ޓީމާއެކު، ތަމްރީނުކުރެވުނު އިބަމަ މެންބަރުން އެ މެންބަރުން ނިސްބަތްވާ ރަށްރަށަށް ގޮސް، އެ ރަށްރަށުގައި ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައްޔާރުކުރާ ޕްލޭން އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އަތޮޅުގެ ހަ ރަށެއްގައި މި ހަފުތާ ތެރޭގައި ކުރިއަށްގެންދެވޭނެ ކަމަށްވެސް އިޖުތިމާއި ކަންކަމާ ބެހޭ ޒުވާރާއިން މައުލޫމާތުދެއެވެ.

އިބަމަ އަކީ ކޮބާ؟

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ. މިހާތަނަށް ރާއްޖޭގެ 12 އަތޮޅުގެ ރަށްރަށުގައާއި 3 ސިޓީއެއްގައި އިބަމަ ވަނީ އުފައްދާފައެވެ.

އިބަމައިގައި ހިމެނޭ މެންބަރުން އެންމެ އިސްކަމެއް ދީގެން ރަށްރަށުގައި ކުރާނެ އެއް މަސައްކަތްކަމަށްވާ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ އެސެސްމަންޓް ޓޫލާއި އިންޓަވެންޝަން ޕްލޭން އެކުލަވާލާނެ ގޮތުގެ ގައިޑްލައިނެއްވެސް އަލަށް އެކުލަވާލެވުނު ޕްލޭންގައި ވަނީ ހިމަނައިފައެވެ. މުރާޖަޢާކުރެވި އަލަށް އެކުލަވާލެވުނު މި ޕްލޭންއާއެކު ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރޭވުންތެރިކަމާއެކު ކުރުމަށް މަގުފަހިވެގެންދާނެއެވެ.

އިޖުތިމާއި ކަންކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި އިބަމައިގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި އިބަމައިގެ މަސައްކަތްތަކަށް ޚާއްސަ ޑިޕާޓްމަންޓެއް އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއެކު މިހާރުވަނީ އުފައްދާފައެވެ. މި ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ ރަށްރަށުގައި އިބަމަ ގްރޫޕްތައް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމާއި، އިބަމަ ގްރޫޕްތަކުގެ މަސައްކަތްތައް ޤަވައިދުން މޮނިޓަރ ކޮށް އެ ގްރޫޕްތަކަށް މިވުޒާރާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިބަމަ ގްރޫޕްތަކުން އެކަލަވާލާ އިންޓަވެންޝަން ޕްލޭންތައް ތަންފީޒުކުރެވޭ މިންވަރު ގާތުން ބަލައި އެ މަސައްކަތުގައި އިބަމަ މެންބަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އިޖުތިމާޢި ޚިދުމަތް ފޯރުކޮށްދިނުމަށް ފަހިވާ ގޮތަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ލިބެންހުރި ޚިދުމަތްތަކާއި، ވަސީލަތްތައް ދެނެގަނެ އެކަންކަމުގެ މަޢުލޫމާތު ފަސޭހައިން ހޯދޭނެ ޑޭޓާ ބޭސްއަކާއި، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތާ ގުޅޭ އަދާހަމަ މައުލޫމާތު ފެންނަން ހުންނާނެ ޑޭޓާ ބޭސްއެއް ޤާއިމު ކުރުމުގެ މަސައްކަތްވެސް އިޖުތިމާއީ ކަންކަމާ ބެހޭ ވުޒާރާއިން ކުުރަމުންދާ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

އިބަމައިގެ މަސައްކަތްތައް ހަރުދަނާކުރުމަށް އާޕްލޭންގެ ދަށުން މިހާރު ކުރެވެމުންދާ ގިނަ މަސައްކަތްތަކުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ޙާލަތުގައި ތިބި ފަރާތްތައް މިހާރު ތިބި ހާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ފުރުޞަތު ވަރަށް ބޮޑުތަނުން ފަހިވެގެންދާނެއެވެ. އަދި، ހަމައެއާއެކު ރަށްރަށުގައި ފެންމަތިވާ އިޖުތިމާޢީ މައްސަލަތަކުގެ އަދަދު ދަށްކުރުމަށް މި މަސައްކަތުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025
އިމާމުންނަށް ހާއްސަކޮށް ޕީއެޗްޑީ ހެދުމުގެ ފުރުސަތު ހުޅުވާލަނީ

މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“

އޭޕްރިލް 30, 2025
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

އޭޕްރިލް 30, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©