• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކަންމަތީ ޕާޓީއެއްގައި ހުންނަން ބޭނުން ނުވާތީ ޖަމްޝީދާ ޑިމޮކްރެޓްސްއިން ވަކިވެއްޖެ

by އަބްދުﷲ ސަފީގު އަލީ
ޑިސެމްބަރ 3, 2023
in ޚަބަރު
0
ކަންމަތީ ޕާޓީއެއްގައި ހުންނަން ބޭނުން ނުވާތީ ޖަމްޝީދާ ޑިމޮކްރެޓްސްއިން ވަކިވެއްޖެ

ޖަމްޝީދާ ޑިމޮކްރެޓްސް ގެ ކެމްޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ ޕާޓީގެ އިސް އަންހެން މެމްބަރު ޖަމްޝީދާ ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއާއި ފުރަތަމަ ގުޅުނު މެމްބަރުން ތެރޭގައިވެސް ހިމެނޭ ޖަމްޝީދާއަކީ އެ ޕާޓީގެ ވަރަށް ހަރަކާތްތެރި މެމްބަރެކެވެ. ޕާޓީ ޕްރޮމޯޓުކޮށް މެމްބަރުން އިތުރު ކުރުމަށްވެސް ޖަމްޝީދާ އިސްވެ ހުރެ ވަނީ އެކިއެކި ކަންތައްތަކެއް ރާވައި ކާމިޔާބު ހަރަކާތްތަކެއް ހިންގާފައެވެ.

ޑިމޮކްރެޓްސްއިން ވަކިވުމަށް ނިންމި ނިންމުމާ ބެހޭޣޮތުން ޖަމްޝީދާ ބުނެފައިވަނީ ”24 މޭ 2023 ވަނަ ދުވަހު ދަ ޑިމޮކްރެޓްސް އާއިގުޅުނީ ވަރަށް ފޮނި އުންމީދުތަކާ އެކުގައި ކަމަށާއި،ނަމަވެސް ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި ފެންނަމުން ދަނީ އެހެން މަންޒަރެއް ކަމަށެވެ“.

އެމްޑީޕީ ދޫކޮށް އަލަށް ހެދި ޑިމޮކްރެޓްސް އާއި ގުޅުނު މެމްބަރުންނަށް ނިސްބަތްކޮށް ޖަމްޝީދާ ބުނެފައިވަނީ ”އެމީހުން ސިފަވަނީ’ބަލިމަޑުކަމެއް ފެތުރި- ބަލިކަށި ވެ ފައިވާ‘ ތަނެއްގެ ތެރެއިން ނިކުމެ ކުލައާ ހަންބަދަލު ކުރުމަކުން ދުޅަހެޔޮ ވިންދެއް އެހިތް ތަކުގައި ނުޖަހާނެ ކަމެވެ. އަޅުގަނޑަކީ ދުޅަހެޔޮ ސިޔާސީ ހަރަކާތް ޕްރޮމޯޓް ކުރުމަށްޓަކާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ ޕާޓީ ގެ އަސާސީ ގަވާއިދު އެކުލަވާލުމާ، ފުރަތަމަ ރިޔާސީ ކެމްޕޭން އިން ފެށިގެން ވެސް މިއަދާ ހަމަޔަށް އަޅުގަނޑަށް ލިބިފައިވާ ތައުލީމާ ތަޖްރިބާ އަދި ވަގުތު އިންތިހާއަށް ހޭދަކުރި މީހެއްކަމެވެ.“

ޖަމްޝީދާގެ ހިދުމަތްތަކަށް އަލިއަޅުވާލަުން އިތުރަށް ބުނެފައިވަނީ ”އަޅުގަނޑަކީ އައްޑޫ ސިޓީގެ މެމްބަރުން އެއްކޮށް އެއްތަނަކަށް ގެނެއުމަށްޓަކާ ވައިބާ އަދި ވަޓްސްއެޕް ގުރޫޕް އުފައްދާ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަށް ސ. ހިތަދޫގެ ހުރިހާ ދާއިރާތަކުގެ މަސައްކަތުގެ އިދާރީ ހިންގުން ފައްޓުވާދިން މީހާއެވެ..މުޅި ރާއްޖޭގެ މަޖުލިސްއަށް އަޅުގަނޑު ދިން ޚިޔާލު މިހާރުވަނީ ރައްޔިތުންގެ މަޖުލީހަށް ހުށައެޅިފައެވެ.

ޖަމްޝީދާ އެންމެ ބޮޑަށް ފާޑުކއުން އަމާޒުވީ ފާޓީ ހިންގާ ގޮތަށެވެ. މިގޮތުން ޖަމްޝީދާ އެދުނީ ކަންމަތީ ޖަގަހަ ޕާޓީއެއްގެ ބަދަލުގައި ”ޕޮލިޓިކަލް އޯގަނައިޒޭޝަން ’ އުފެއްދުމަށެވެ. އެހެން ނަމަވެސް ޖަމްޝީދާ ބުނާ ގޮތުން، ފެނިގެން ދިޔައީ ’އާ މީހުންނަށްފުރުސަތު ނެތްކަމާއި،. ކުރީގެ ސަގާފަތް، ކުރީ ޕާޓީގައި ކަން ކުރިން ކުރި ގޮތް‘ ދަމަހައްޓާ.މަންޒަރެވެ. އެހެން ކަމުން ޖަމްޝީދާ ގެ ބަހުން ނަމަ، ”އުންމީދެއް މިސްރާބެއް ނެތް މަންޒިލެއްގައި ކަޑަޖަހައިގެން ”ވަކި ހިޔަންޏަކަށް މުޑި ނަގައިގެން“ (ހަޔާތް) ބިނާ ކުރާނެ މީހަކަށް ނުވުމުން މިއަދުން ފެށިގެން ދަ ޑިމޮކްރެޓްސް ޕާޓީން ވަކިވުމަށް ނިންމައިފީއެވެ.“ ޖަމްޝީދާގެ ނިންމުން ވަރަށް ސާފުކޮށް ބުނެފައިވިޔަސް މުސްތަގުބަލުގައި ސިޔާސީ ދާއިރާގައި ފެންނާނެ ޕާޓީއެއް ނުވަތަ ހައިސިއްޔަތެއް ބުނެފައި ނުވެއެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ ޖަމްޝީދާއަކީ ރާއްޖެއިން ބޭރުން މަތީތައުލީމު ހާސިލުކުރުމަށް ފަހު، އަންހެނުންގެ އެކިއެކި ހައްގުތަކާއި މައްސަލަތަކުގައި މިހާރުވެސް ވާހަކަދައްކަމުން އަންނަ ފަރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އޭޕްރިލް 25, 2026
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©