• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ޔަގީންކަން ދީފައިވޭ

by މުރާސިލް ޓީމް
ޑިސެމްބަރ 3, 2023
in ޚަބަރު
0
ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ޔަގީންކަން ދީފައިވޭ

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުރައްވާނެކަމަށާއި، އެގޮތަށް އެކަން ކުރިއަށްދާނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ތުރުކީވިލާތަށާއި ޔޫ.އޭ.އީ. އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، އެއްވެސް ޤައުމަކާ ހަތުރުވެރިކަމެއް ނުބާއްވަވާނެ ކަމަށް އެމަނިކުފާނު މީގެ ކުރިންވެސް ވިދާޅުވަމުން ގެންދެވިކަން ފާހަގަ ކުރައްވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތްރޮނގު ފުޅާކޮށް ދަންމަވާނެކަމަށާއި އެރޮނގު ހުރަސްކޮށް ދިއުމަށް އެއްވެސް ޤައުމަކަށް ފުރުޞަތު ނޯންނާނެ ވާހަކަ ތަކުރާރު ކުރެއްވިއެވެ. އޭގެ އިތުރުން، ރާއްޖޭގައި ބޭރު ސިފައިން ނުތިބޭކަން ކަށަވަރުކުރުމުގައި ދިވެހި ސަރުކާރުން ބޭނުން ކުރައްވާނީ، ކުރިންވެސް ވިދާޅުވަމުންގެންދެވި ފަދައިން، ޑިޕްލޮމަސީގެ ރީތި އުސޫލުތައްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި މަސައްކަތުގައި ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދާ ހަމައަށް އިންޑިއާގެ އެންމެ އިސްބޭފުޅުންނާއެކު 4 ނުވަތަ 5 ބައްދަލުވުން ބާއްވަވައި މަޝްވަރާކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެވަނައަށްވީ ދުވަހު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދެވުމަށް ރަސްމީގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާނެ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި ބޭއްވުނު ބައްދަލުވުންތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދެވުމަށް އިންޑިޔާ ސަރުކާރުން އެއްބަސްވެ ވަޑައިގެންފައިވާކަމަށާއި، އަދި ޓެކްނިކަލް ލެވެލްގައި މިހާރުވެސް މަސައްކަތް ކުރެވެމުންދާކަމުގައެވެ. މީގެ އިތުރުން، އެންމެފަހުން ކޮޕް28ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލައި، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ކޮމިޓީއަކީ ވަގުތުން ވަގުތަށް ނިންމުންތައް ނިންމޭވަރުގެ ކޮމިޓީއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އުންމީދަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ ކަންކަން އަވަސްވެގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަން ޑިޕްލޮމެޓިކް ރީތި އުސޫލުތަކުގެ ތެރެއިން ކުރެވިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ރައީސުޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©