• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޑިމޮކްރެޓްސް އިންތިހާބު: ވޯޓުން ކުރީގައި އަމުރު، ހޮވުނީ ހަސަން ލަތީފު!

by މުރާސިލު
ޑިސެމްބަރ 3, 2023
in ޚަބަރު
0
ނިޒާމީ ވޯޓުގެ ކަންކަން ކުރިއަށް ދިއުން ޕީޕީއެމްއާ އެކު!

ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ނަތީޖާގެ ސަބަބުން ޕާޓީ މެމްބަރުންގެ ނުރުހުމާއި ކެންޑިޑޭޓުންގެ ޝަކުވާ ޑިމޮރެޓްސް ޕާޓީއަށް އަމާޒުވެއްޖެއެވެ. ކުރީގެ ރައީސް ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބު ބާއްވާފައިވަނީ އިއްޔެ ހެނދުނު 10 ން ހަވީރު 4 ޖަހަންދެން ބޭއްވި އިރު ވޯޓު ލުމުގެ ޝަރުތު ހަމަވާ 5000 އަށް ވުރެ ގިނަ މެމްބަރުން ހިމެނެއެވެ. ވަގުތީ ނަތީޖާ އިއުލާން ކުރުން ރެއިން ފެށިގެން ފަސްކުރަމުން ގޮސް އަދިވެސް ނަތީޖާ އިއުލާން ކުރެވޭ ވަރެއް ނުވެއެވެ. ވޯޓު ގުނަމުންދިޔަ ގޮތާއި ނަތީޖާއިއުލާން ކުރަމުންދާ ގޮތުން ގިނަ ކެންޑިޑޭޓުންގެ އިތުރުން އާއްމު މެމްބަރުންވެސް ޝަކުވާކުރަމުންދިޔައިރު ބައެއް ކެންޑީޑޭޓުން އަމިއްލައަށްވަނީ ކާމިޔާބީ އިއުލާންކޮށްފައެވެ. ޑިމޮކްރެޓްސްގެ އެންމެ ވާދަވެރި މަގާމު ކަމަށްވާ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލި މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމުރުވެސް ވަނީ ކާމިޔާބީ އިއުލާންކޮށްފައެވެ.

ހަސަން ލަތީފަށް ތާއިދުކުރާ މީހުންގެ ތެރޭގައި މަޖުލިސް މެމްބަރުން ކަމަށްވާ އިމްތިޔާޒު ފަހުމީއާއި، ހަސަން އަފީފު އަދި ނަޝީދުގެ އަރިސް ހުރިހާ އެންމެން ގޮތަށް ކެމްޕޭނު ކުރީ ހަސަން ރައީސް ކަމަށް ގެނައުމަށެވެ. އަމުރުގެ ކެމްޕޭނުގައި ބޮޑަށް ހަރަކާތްތެރިވީ ސޯސަލް މީޑިއާގެ ބައެއް އެކްޓިވިސްޓުންނާިއ މާލޭން ދެކުނަށް ނިސްބަތްވާ އެ ޕާޓީގެ ބައެއް މެމްބަރުންނެވެ.

ޑިމޮކްރެޓްސް ގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ކަމަށް ހަސަން ލަތީފު އަމިއްލައަށް އިިއުލާން ކުރަމުން ބުނެފައިވަނީ ވޯޓުދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށް، ބޮޑުތަނުން ކާމިޔާބުވެފައިވާ ކަމަށެވެ. އަނެއްކޮޅުން އަމުރުވެސް ވަނީ ވޯޓުގެ ކުރީގައި އުޅެނީ އަމުރު ކަމަށްބުނެ ކާމިޔާބީ އިއުލާންކޮށްފައެވެ.

ޑިމޮކްރެޓްސްގެ އޮފިޝަަލަކު މައުލޫމާތު ދިން ގޮތުގައި ވޯޓުގެ ކުރީގައި ކުޑަ ތަފާތަކުން ކުރީގައި އުޅެނީ ހުސެއިން އަމުރު ކަމަށާއި، ނަމަވެސް ނަޝީދުގެ އަރިސް ގިނަ ބަޔަކު ހަސަން ލަތީފު ރައީސް ކަމަށް ގެންނަން ބޭނުންވާތީ ’ހޮވޭނީ‘ ހަސަން ލަތީފެއެވެ. މިކަން މިހާރުވަނީ އަމުރުއަށްވެސް އެނގިފައެވެ.

މި ކަމުގެ ހިތްހަމަ ނުޖެހުމުގައި އަމުރު ބުނެފައިވަނީ ”އިންތިހާބުގައި މޮޅުވާ ފަރާތްތަކާއި ބަލިވާ ފަރާތެއް ވާނެކަން އެނގި، އަބަދުވެސް އަޅުގަނޑު އިންތިހާބަށް ކުރިމަތިލަނީ. ވަރަށް ގިނަ އިންތިހާބުތަކުގައި ވާދަކުރެވިއްޖެ. ބައެއް އިންތިހާބުތަކުގައި އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު. އަނެއް ބައި އިންތިހާބުތަކުގައި ނާކާމިޔާބުވި ނަމަވެސް އެކަމާ ޝަކުވާއެއް ނުކުރަން. ފާއިތުވި 15 އަހަރަށްވުރެ ގިނަ ދުވަހު އަޅުގަނޑާ އެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ދޫދޭން ޖެހޭ ތަންތާ ބޮޑުކޮށް ދޫދޭ މީހެއްކަން. އަދި އަސާސްތަކުގައި ހިފަހައްޓާ މީހެއްކަން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އަޅުގަނޑު ނުނިކުމެ ފަހަތަށް ޖެހުނިން. ޑިމޮކްރެޓްސްގެ ޕާޓީ ކެންޑިޑަސީ ވާދަނުކޮށް ފަހަތަށް ޖެހުނިން. މަސްލަހަތަށްޓަކާ ފަސްޖެހުމަކީ އަޅުގަނޑު ނުކުރާ ކަމެއް ނޫން. އެއީ މި މަސައްކަތަކީ އަޅުގަނޑުވެސް ލޯތްބާއި ގުރުބާނީއާއެކު ކުރި މަސައްކަތްކަތެއް ވީމަ،“

އެންމެ ބޮޑަށް ޑިމޮކްރަސީގެ ވާހަކަދައްކައި ނަޝީދުގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ އިންތިހާބުވެސް މި ދިޔައީ ބޮޑު މައްސަލަގަނޑަކުންނެވެ. ޕާޓީގައި އިދާރީ ގޮތުން ހަރަކާތްތެރިވި އަމުރުގެ އަނބިކަނބަލުން މިހާރު އެއްކައިރި ކޮށްފައިވާއިރު، ފެންނަ މަންޒަރު ތަކަށް ބަލާއިރު ޑިމޮކްރެޓްސްގައި އަމުރުގެ ކުރިމަގެއްވެސް ނެތްކަން ފާއިތުވި މަދު ދުވަސް ކޮޅުން ކިތަންމެ ރަނގަޅަށްވެސްފެނެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025
އިމާމުންނަށް ހާއްސަކޮށް ޕީއެޗްޑީ ހެދުމުގެ ފުރުސަތު ހުޅުވާލަނީ

މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“

އޭޕްރިލް 30, 2025
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

އޭޕްރިލް 30, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©