ރޭ ފަތިހުން ފެށިގެން ހުއްޓުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ބޮޑުވި ފެންގަނޑު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މަސައްކަތުން ހިންދާލައިފިއެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާއިރު އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ މަޖީދީމަގު ހުޅަނގު ކޮޅުން ފެށިގެން އައިޖީއެމްއެޗް ހަމައަށެވެ.

މެޓު އޮފީހުން މައުލޫމާތުދޭ ގޮތުގައި ހެނދުނު އަށަކުން ފެށިގެން ދިހައެއް ޖެހުމާ ހަމައަށް މާލެއާ ހުޅުމާލެއަށް 57-65 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.




