• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެމްޑީޕީ މަޖުލިސް ޕްރައިމަރީ؛ ކެލާ ދާއިރާގެ ޓިކެޓު ރައީސް މުއިއްޒުގެ ކޮއްކޮއަށް

by މުރާސިލު
ފެބްރުއަރީ 3, 2024
in ޚަބަރު
0
އެމްޑީޕީ މަޖުލިސް ޕްރައިމަރީ؛ ކެލާ ދާއިރާގެ ޓިކެޓު ރައީސް މުއިއްޒުގެ ކޮއްކޮއަށް

އެމްޑީޕީން ރައްޔިތުންގެ މަޖުލީހުގެ ޓިކެޓަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މިއަދު ބޭއްވި ޕްރައިމަރީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޮ އަހުމަދު ގާލިބު ކާމިޔާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖުލީހުގައި ކެލާދައިރާ ތަމްސީލުކުރަމުންދާ ޝަރީފު ބަލިކޮށް ގާލިބު ކާމިޔާބުކުރީ 2 ވޯޓުގެ ތަފާތުންނެވެ. ގާލިބު މީގެ ކުރިން ވަނީ ޑިއާރުޕީއާއި ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކޮށްފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ދޫކޮށް އެމްޑީޕީއަށް ސޮއިކުރީ ފުރަތަމަ ބުރުގެ ވޯޓުގެ ކުރިންނެވެ. ގާލިބުގެ އާއިލާއަށް ނިސްބަތްވާ އަލީ އާރިފު އަދި އިގުބާލު އާދަމް ވަނީ ދެވަނަ ބުރުގައި ރައީސް މުއިއްޒަށް ތާއިދުކޮށް ޕީއެންސީއަށް ސޮއިކޮށްފައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް މުއިއްޒަށް، ގާލިބު ތާއިދު ނުކުރިޔަސް އަމަލީ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓު ރައީސް ސޯލިހު ކެމްޕޭނުގައި މަސައްކަތެއް ނުކުރެއެވެ.

ކެލާ ދާއިރާގެ އެމްޑީޕީ ޓިކެޓު ގާލިބު ކާމިޔާބު ކުރުމުން އެމްޑީޕީ ބައެއް މެމްބަރުންވަނީ ޕާޓީގެ ޓިކެޓަށް ވާދަކުރުމަށް އޮންނަ އުސޫލަށް ފާޑުކިޔާފައެެވެ. ބައެއް މީހުން ބުނަމުންދަނީ އެމްޑީޕީން ރައީސް މުއިއްޒަށް ކެލާ ދާއިރާގެ ގޮނޑި ވެދުންކޮށްފި ކަމަށެވެ. މަޖުލިސް މެމްބަރުކަމުގެ ހުވާ ކުރުމުގެ ކުރިން ޕީއެންސީއަށް ބަދަލުވާނެ ކަމަށްވެސް ކެލާ ދާއިރާގެ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©