ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ މަޖުލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މިހާތަނަށް ނައިބްރައީސް އީވާ އަބްދުﷲ މަޖުލީހުގެ ޖަލްސާތަކަށް ހާޟިރު ނުވާތީ ޖަލްސާ ބޭއްވޭ ގޮތް ނުވުމުން އިދާރީ މޭޒުން ނިންމާފައިވަނީ ޖަލްސާތައް ނުބޭއްވޭނެ ކަމަށެވެ. މަޖުލީހުގެ އަމީންއާއްމު އެގޮތަށް ނިންމުމާ ގުޅިގެން ބަލިވެގެން ކަމަށްބުނެ އީވާ މަޖުލީހުގެ ޖަލްސާއަކަށް ހާޟިރެއް ނުވެއެވެ. މި ގޮތުން މިއަދުގެ ޖަލްސާވެސް ވަނީ ނައިބްރައީސް އީވާ އަބްދުﷲ ބަލި ސަލާން ފޮނުވާފައިވާތީ ކެންސަލްކޮށްފައެވެ.
އަންނަ އާދިއްތަ ދުވަހުވެސް ބަލިވާނެތީ އީވާ ވަނީ މަޖުލީހަށް ބަލި ސަލާން ފޮނުވާފައެވެ. ރައްޔިތުންގެ މަޖުލީހު މެމްބަރުން ތުހުމަތުކުރަނީ އީވާ ގަސްތުގައި މަޖުލީހަށް ހާޟިރުނުވަނީ ކަމަށާއި ބޭނުމަކީ އާ ރައީސް ހުވާކުރައްވާ ޖަލްސާއާއި ހަމައަށް ދިގުދަންމާލުމެވެ. ނައިބްރައީސް ރިޔާސަތުގައި ނެތި ޖަލްސާއެއް ބޭއްވުމަށް މަޖުލީހުގެ އަމީންއާއްމު ތަކުރާރުކޮށް ދެކޮޅުހަދަމުންދާތީވެ އެމްޑީޕީންވަނީ މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ.
thiya balin dhuvahakuves salaamai nuvehjeyyaa kihinehbaa vaanee