މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ.މަނަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ޕޮލިހުން މައުލޫމާތުދޭ ގޮތުގައި ޅ.ހިންނަވަރުން ފުރައިގެން މަނަދޫއަށް ދަތުރުކުރަމުންދާ ޑިންގީ އަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ހިންގި ގުޅިގެން އޮކްޓޫބަރ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި އޮޕަރޭޝަނުގައި އެމީހާ މަނަދޫ ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ޕޮލިހުން މައުލޫމާތުދެއެވެ.