އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ 20 ގައި ބާއްވާނެކަން އެ ކޯލިޝަނުން އިއުލާނުކޮށްފިއެވެ. 20 ޖެނުއަރީ 2024 ގައި ބާއްވާ ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީން މަޖުލީހަށް ވާދަކުރާގޮތަށް ހަމަޖެހިފައިވަނީ އެކުއެކީގައެވެ.
ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ތެރެއިން މަޖިލިސް ޓިކެޓަށް ޝައުގުވެރިވާ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 20 އިން 31 އަށް ހުޅުވާލާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ.މުއިއްޒަށް ތާއިދުކުރި ބައެއް ސިޔާސީ ޕާޓީތަކުން ބުނެފައިވަނީ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބަށްވެސް ނުކުންނާނީ އެކުއެކީގައި ކޯލިޝަނެއްގެ ގޮތުގައި ކަމަށެވެ. އެމްއެންޕީީގެ ރައީސް ކާނަލް ނާޒިމްވެސް ވަނީ އެގޮތަށް ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީން އެ ވަހާކަ ދޮގުކުރެއެވެ. ރައްޔިތުންގެ މަޖުލީހުގެ އިންތިހާބަށް އެއްވެސް ބަޔަކާއި ކޯލިޝަން ހަދާ ކޯލިޝަން ޕްރައިމަރީއަކުން ކެންޑީޑޭޓުންނެރެން ނިންމާފައިނުވާ ކަމަށް މީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ އޮފިޝަލަކުވަނީ ވިދާޅުވެފައެެވެ.