• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ރައީސް ސޯލިހު އެދެނީ ނޮވެމްބަރު 11 ގައި ސަރުކާރު ބަދަލުވާން

by މުރާސިލު
އޮކްޓޯބަރ 2, 2023
in ޚަބަރު
0
ރައީސް ސޯލިހު އެދެނީ ނޮވެމްބަރު 11 ގައި ސަރުކާރު ބަދަލުވާން

އެމަނިކުފާނު އެދިވަޑައިގަންނަވަނީ ނޮވެމްބަރު 11ގައި ސަރުކާރު ބަދަލުވުން ކަމަށާއި އެކަމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކޮށް، ނޫސްވެރިއަކު ކުރި ސުވާކަލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ހުވާކުރާ ދުވަހަކީ ނޮވެމްބަރު 11 ކަމަށާއި އެކަންއެމިނަކުފާނު އިއާދަކޮށްދެއްވާނެ ކަމަށެވެ.

”އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަގެންދަން. ގާނޫނީގޮތުން އެއަށް ހުރަހެއް ނެތް ކަމަށްވަންޏާ، ނޮވެމްބަރު 11ގައި ބަދަލުވެގެންދާނެ. ގާނޫނީ ހުރަހެއް އޮތްތޯ، ނެތްތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން. އެހެންނޫނިއްޔާ ދައުރު ހަމަކޮށް، ނޮވެމްބަރު 17ގައި ބަދަލުވެގެންދާނެ. އެކަމަކު ނޮވެމްބަރު 11 އަކީ އެކަން ކުރެވޭނެ ދުވަހެއްތޯ އަޅުގަނޑުމެން ބަލަމުން މިގެންދަނީ. އަޅުގަނޑު އެދެނީ ނޮވެމްބަރު 11 އެއީ ސަރުކާރު ބަދަލުވާ ދުވަސްކަމަށްވުން،“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި ނައިބު ރައީސް ފައިސަލް ނަސީމް އިސްތިއުފާދެއްވުމަކުން ނޮވެމްބަރު 11ގައި އާ ސަރުކާރު ގެނެވެން ނޯންނާނެ ކަމަށާއި އެބޭފުޅުން އިސްތިއުފާދެއްވުމުން ދެން ވެރިކަމުގައި ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ނޮވެމްބަރު 11ގައި ސަރުކާރު ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނޮވެމްބަރު 11 އިން 17އަށް ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވޭ ބޭފުޅަކު ހުވާކުރާ ގޮތަށް ބަދަލުވީ 2013 ގެ އިންތިހާބުގައި އުފެދުނު ކަންކަމަަށް ފަހު ރައީސް ޔާމީނު އިންތިހާބުވެ، އޭރުގެ ސްޕްރީމް ކޯޓުގެ ލަފަޔާއެކު ވެރިކަމުގައި ހުންނެވި ރައީސް ވަހީދުގެ ދައުރު ނޮވެމްބަރު 17އަށް ދަންމާލުމުންނެވެ. 2103 ގެ އިންތިހާބުގައި އޭރު ވާދަކުރި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމުން އިންތިހާބު ބާތިލު ކުރުމަށް ކޯޓަށް ހުށައެޅުމުން އިންތިހާބު ބާތިލުކޮށް އަލުން އިންތިހާބުތައް ބާއްވަން ޖެހުމުން ކަނޑައެޅިފައިވާ މުއްދަތަށް އިންތިހާބުގެ ކަންކަން ނިމިފައިނުވެއެވެ. 2018 ގައި އިންތިހާބުވި ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމުގައި ގެއްލޭ 6 ދުވަހަކީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ނޮވެމްބަރު 11 ގައި ހުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©