ރައީސް ނަޝީދު އިސްވެ ހުންނަވއިގެން ކުރިއަށްގެންދާ ބަރުލަމާނީ ނިޒާމުގެ މަސައްކަތާއި ނިޒާމީ ވޯޓުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕީޕީއެމާއި ޕީއެންސީގެ މަޝްވަރާގެ މަތިން ކަމަށް ޑިމޮކްރެޓްސްއިން ބުނެފިއެވެ. ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕަސަން ހަސަން ލަތީފު އެކްސްގައި ކުރެއްވި މެސެޖެއްގައި ހަމައެކަނި ބުނެފައިވަނީ އެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ގޮތްކަމަށްވިޔަސް އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.
ޑިމޮކްރެޓްސްއިން އެމްޑީޕީއާއި އެކު ކުރިއަށްދިޔަ ނިޒާމީ ވޯޓުގެ ކަންކަން މިހާރުވަނީ އެއްކޮށް މަޑުޖެހިފައެވެ. ރިޔާސީ އިންތިހާބުގައި އެމްޑިޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބު ވުމުގައި ޑިމޮކްރެޓްސްއާއި ހާއްސަކޮށް ނަޝީދު އިސްދައުރެއް އަދާކޮށްފައިވާތިވެ އެމްޑީޕީގެ މެމްބަރުންގެ ހިތްހަމަ ނުޖެހުން ނަޝީދާއި ޑިމޮކްރެޓްސްއާ ދޭތެރޭ ވަރަށް ބޮޑެވެ.
މީ ހާދަ ހަޔާތްވެސް ކުޑަބަޔެކެވެ. ނިޒާމީ ވޯޓް އޮޅާލާފައި