• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތަކީ މި ވަގުތަށް ވަރަށް ބޮޑު އިސްރާފެއް – އާޒިމް

by މުރާސިލު
ޑިސެމްބަރ 1, 2023
in ޚަބަރު
0
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތަކީ މި ވަގުތަށް ވަރަށް ބޮޑު އިސްރާފެއް – އާޒިމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ފުށިދިއްގަރު ފަޅު ހިއްކައި އެ ތަނުގައި ބޮޑު އާބާދީއަކަށް އަމާޒުކޮށް ކުރަން ރާވާފައިވާ މަސައްކަތަކީ ވަރަށް ބޮޑު އިސްރާފެއް، އަދި މިވަގުތަށް އެހާ ބޭނުންތެރިކަމެއް ނޫން ކަމަށް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލެސިޓީ މޭޔަރު ކަމުގެ އިންތިހާބުގައި ބައިވެރިވުމަށް އެމްޑީޕީ އޮފީހަށް ފޯމު ހުށައެޅުމަށް ފަހު އާޒިމް ވަނީ މި ވަގުތަށް އިސްކަން ދޭން ޖެހޭނެ ކަންކަމުގެ ތަރުތީބެއް ވިދާޅުވެފައެވެ. މި ގޮތުން ކުރީ ސަރުކާރުން ގްރޭޓަރ މާލެ ސަރަހައްދު ގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއު ހުއްޓާލުމަށް ފަހު އަލުން އެހެން މަޝްރޫއުއެއް ފެށުމަކީ އިގްތިސާދީ ގޮތުންވެސް މި ވަގުތަށް އެއްވެސް މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ ހުޅުމާލެ ފޭސް 2، ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރު ފަޅު،ތަރައްގީ ކުރަމުންދާއިރު މި ލިސްޓުގައި އޭރު ވަނީ އުތުރުތިލަފަޅު ވެސް ހިމަނާފައެވެ. މިއީ ބުރިޖަކުން ގުޅާލެވޭ ގޮތަށް ތަރައްގީ ކުރެވޭ ތަންތަނެވެ. ނަމަވެސް މާލެއާއި ވަކިން ދުރުގައި އޮތް ފަޅެއް ހިއްކައި އެތަނުގައި ބަޔަކު ވަޒަންވެރި ކުރުމަށް މަސައްކަތް ކުރުމުން އިގްތިސާދީ ގޮތުން އުމުރާނީ ގޮތުންވެސް ބޭކާރު ވަގުތާއި ފައިސާ އެކަމަށް ހަރަދުވާނެ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ. އާޒިމްވެސް ވަނީ މި މޭރުމުން ވާހަކަދައްކައި، މާލެސިޓީ ގެ މޭޔަރަކަށް ހޮވިއްޖެ ނަމަ އިސްކަންދޭނެ ތަރުތީބެއްވެސް ކިޔާދެއްވާފައެވެ. މިގޮތުން ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދޮރުވެރިޔާގެ މަޝްރޫއު ކުރިއަށް ގެންގޮސް، ގުޅީފަޅާއި، ގިރާވަރުފަޅުގައި އާބާދު ވުމަށް ހިންގަމުންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދަން ސަރުކާރަށް ޕްރެޝަރު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރުގެ މަގާމަަށް އެމްޑީޕީން އާދަމް އާޒިމް ވާދަކުރާއިރު، ޕީއެންސީން ވާދަކުރަނީ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރެވެ. ރައީސް ޔާމީނުގެ ޕާޓީ ޕީއެންއެފް އިން ވާދަކުރަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެން ވަހީދެވެ. ނަޝީދުގެ ޑިމޮކްރެޓްސް އިން ވާދަކުރަނީ ސީޓީކައުންސިލުގެ މެމްބަރު ސައިފު ފާތިހުއެވެ.

އުތުރުތިލަފަޅުގައި ސަރުކާރުން ޕްރޮޖެކްޓެއް ހިންގޭނީ އެތަނަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައެވެ. އުތުރުތިލަފަޅަކީ އަމިއްލަ ފަރާތަކަށް ޓުއަރިޒަމް ބޭނުމަކަށް ކުއްޔަށްދީފައިވާ ތަނެއްކަމަށްވެއެވެ.

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©