• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ރައީސް ސޯލިހު ގެ މަރުހަބާ މުއިއްޒަށް، ރީތި މިސާލެއް

by މުރާސިލު
އޮކްޓޯބަރ 1, 2023
in ޚަބަރު
0
ނަފްރަތާއި ހަސަދައިން ހިތްތަކުން ޖާގަ ނުދިނުމަށް ރައީސްގެ އީދު ތަހުނިޔާ މެސެޖުގައި އެދިވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތިޖާ އިއުލާން ކުރުމުގެ ކުރިން ބަލި ގަބޫލުފުޅު ކުރައްވައި ރައީސް ސޯލިހު މުއިއްޒަށް މަރުހަބާ ކިޔުމުން ގިނަ ބަޔަކު ރައީސް ސޯލިހަށް ތައުރީފުކުރައްވައި ވެރިންގެ ކިބައިގައި މޮޅުވުމާއި ބަލި ގަބޫލު ކުރުމުގެ ސިފަ ހުންނަންވާނެ ކަމަށް ބުނެފިއެވެ. ސިޔާސީ ފަރާތްތަކާއި ބައެއް އާއްމު ރައްޔިތުން ސޯސަލް މީޑިއާގައި އެގޮތަށް ހިޔާލު ފާޅުކުރަމުން ދިޔައީ މީގެ ކުރިން ރިޔާސީ އިންތިހާބުތަކުގައި ވޯޓު ގުނާ ނިމުމުން ކޯޓަށް މައްސަލަ ގެންގޮސް އިންތިހާބު ބާތިލު ކުރުމާއި، ވޯޓުގެ ކަންކަމާ ހިތްހަމަ ނުޖެހި ބަލި ގަބޫލު ކުރިކަމަށް އިއުލާން ކުރަން ފަސް ޖެހުނު މަންޒަރުތައް ފެނިފައި ހުރުމުންނެވެ. ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިކޮށް 2018 ގެ އިންތިހާބު ރައީސް ސޯލިހު ކާމިޔަބު ކުރެއްވި އިރު ބަލި ގަބޫލުނުކޮށް ޕީޕިއެމް މެމްބަރުންނާ އެކު ރައީސް ޔާމީން މުޒާހަރާވެސް ކުރެއްވިއެވެ. އެ ފަހަރު އިންތިހާބުގައި ފާހަގަ ތިރިއަށް ވެއްޓޭ ގަލަމެއްގެ ވާހަކައާއި އޭރުގެ އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަރީފަށް ވަރަށް ބޮޑަށް ފާޑުކިޔަފައި މުޒާހަރާތައް ކުރިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އަމާންއޮމާންކޮށް ނިމުނު އިރު ރައީސް ސޯލިހުގެ އެމްޑީޕީގެ ވެރިންނާއި ސަރުކާރުގެ އިސް ފަރާތްތަކުންވެސް ވަނީ މުއިއްޒަށް މަރުހަބާ ކިޔާފައެވެ. މުއިއްޒަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ކުރެއްވި ޓުވީޓުގައި ވަނީ، އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށް ޝުކުރު ދަންނަވައިފަ އެވެ. އަދި އެކުގައި މަސައްކަތް ކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށާއި އެ މަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 126،850 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 108،696 އަށްވުރެ ގިނަ ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©