• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އައްޑޫ ސިޓީގައި މިއަދު އަލިފާނުގެ 3 ހާދިސާއެއް

by މުރާސިލު
ޖުލައި 1, 2024
in ޚަބަރު
0
އައްޑޫ ސިޓީގައި މިއަދު އަލިފާނުގެ 3 ހާދިސާއެއް

އައްޑޫ ސިޓީގައި މިއަދު ހަވީރާއި މިރޭ އަލިފާނުގެ ހާދިސާތަކެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މިއަދު ހަވީރާއި މި ރޭގައި ހިނގި އަލިފާނުގެ ހާދިސާތަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ ކޮމްޕޯނަންޓްތަކުން ހަރަކާތްެރިވިއެވެ.

ފުރަތަމަ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު އައްޑޫ ސިޓީ ހުޅުމީދޫ މާފިށި ސަރަހައްދު ވަލުތެރޭގައެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާގެ މައުލޫމާތު މިއަދު ހަވީރު 17:26 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލެވުނީ އިރުއޮއްސި 17:56 ހާއިރުއެވެ. 

ދެވަނަ ހާދިސާ ހިނގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އައިސް ޕްލާންޓް ކައިރީ ވަލުތެރޭގައެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާގެ މައުލޫމާތު މިއަދު އިރުއޮއްސި 18:39 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލެވުނީ މިރޭ 18:50 ހާއިރުއެވެ. އައްޑޫ ސިޓީގައި

އަލިފާނުގެ ތިންވަނަ ހާދިސާއަކީ، އައްޑޫ ސިޓީ މީދޫ ބޮންޑޯ އެޅަގެ ގޯތި ތެރޭގައި ހުރި ރުކެއްގައި އަލިފާން ރޯވުމެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާގެ މަޢުލޫމާތު މިރޭ 20:01 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް  ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ރުކުގައި ރޯވި އަލިފާން ނިއްވާލެވުނީ މިރޭ 20:23 ހާއިރުއެވެ. 

މި ތިން ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©