• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަސައްކަތްތެރިންގެ ހައްގުގައި އަބަދުވެސް އެންމެ ބޮޑަށް ވަކާލާތު ކުރަނީ އެމްޑީޕީން

by މުރާސިލު
މެއި 1, 2024
in ޚަބަރު
0
ކަރަންޓު ބިލަށް ލުޔެއް، ޓެރިފް ރޭޓު ދެން ބަދަލެއް ނުވާނެ

ރޭ މާވެޔޮމަގުގައި ބޭއްވި އިވެންޓުގެ ތެރެއިން އާއްމުންެގެ ބަޔަކު ރައީސްއާއި ބައްދަލު ކުރަނީ

އެމްޑީޕީއަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުގައި ދެ ގޮތެއްނުވެ ހަމައެކަނި މަސައްކަތް ކުރަމުން އަންނަ ސިޔާސީ ޕާޓީ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މަސައްކަތްތެރިންނަށް މުހާތަބުކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ހީވާގި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮަށް، ނެގެހެއްޓުމައް މަސައްކަތްކުރާ އަދި ނަތީޖާ ނެރެފައިވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. މިގޮތުން މަސައްކަތްތެރިންގެ ހައްގުތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިން އަހަމިއްޔަތުކަން ދިނުމުގެ މަގުސަދުގައި 2008 ވަނަ އަހަރު ރާއްޖޭގައި އުފެދުނު އެ ޕާޓީގެ ސަރުކާރުގައި ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައެޅުމާއި މަސައްކަތްތެރިންގެ ހައްގުގައި ތަފާތު އެކި ސިޔާސަތުތައް ތަންފީޒު ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ޕާޓީގެ ދެވަނަ ސަރުކާރުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖު ކަނޑައެޅުމާއި ސަރވިސްޗާޖު ހަމަހަމަ އަށް ބެހުމާއި ވަޒީފާ އަދާކުރާ އަންހެން މުއައްޒަފުންނަށް ވިހެއުމާ އެކު 6 މަސް ދުވަހުގެ ޗުއްޓީއެއް ދިނުން ގާނޫނޫން ލާޒިމުކޮށް އެކަންތައްތައް ތަންފީޒު ކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ މަޖުލިސް މެމްބަރުންގެ މަސައްކަތުން އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނެއް ފާސްކޮށް، މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ގާނޫނަކުން ހިމާޔަތްކުރުން ހިމެނެނީ އެޕާޓީގެ ރައްޔިތުން މަޖުލީހުގެ މެމްބަރުންގެ މަސައްކަތް ކަމަށް ފާހަގަކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ އަދި މި ވަގުތު ސިޔަސީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ މި ސަރުކާރުގެ ބައެއް އަމަލުތައް ކުށްވެރިކޮށް އެ ކަންކަން ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައެވެ. މި ގޮތުން މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު ސިޔާސީ ފިކުރަށް ބަލައި މުއައްޒަފުން ވަޒީފާއިން ވަކިކުރުމާއި އަދި މަސައްކަތްކުރަން ޖެހޭ ތަންތަން ބަދަލުކޮށް، މުއައްޒަފަށް ވަޒީފާއިން ވަކިވުން މަޖުބޫރު ހާލަތުތަކެއް މިސަރުކާރުން ކުރިމަތިކުރާ ކަމަށެވެ. އެމްޑީޕީގެ ބަޔާނުގައި މި ސަރުކާރަށް ގޮވާލާފައިވަނީ އެ ޕާޓީގެ ސަރުކާރުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާގޮތަށް އަދި މަސައްކަތްތެރިންގެ ހައްގުތަކަށް އިހުތިރާމްކުުރުމަށެވެ. އަދި ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމާއި ވަޒީފގެ ބިރުދެއްކުން ހުއްޓާލުމަށްވެސް އެމްޑީޕީންވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©