• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޝަލަބީގެ މަދަހަ އަލްބަމް ހިދާއީނޫރު 4، މި ފަހަރު ކުރީގެ ހަނދާންތަކާއެކު

by މުރާސިލް ޓީމް
މެއި 1, 2021
in ޚަބަރު
0
ޝަލަބީގެ މަދަހަ އަލްބަމް ހިދާއީނޫރު 4، މި ފަހަރު ކުރީގެ ހަނދާންތަކާއެކު

ކޮންމެ އަހަރެއްގެ ރޯދަމަހު ޝަލަބީގެ ފަރާތުން ގެނެސްދޭ މަދަހަ އަލްބަމް ސިލްސިލާގެ 4 ވަނަ އަލްބަމް ހިދާއީ ނޫރު 4 ނެރެފިއެވެ. މި އަލްބަމް ނެރެދެއްވީ އަދާލަތު ޕާޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲއެވެ.

          ކޮވިޑް19 ގެ ހާލަތުގެ ސަބަބުން ވަރަށް ކުޑަ ރަސްމިއްޔާތެއްގައި ބޭއްވި މި ހަފްލާގައި މިނިސްޓަރވަނީ ޝަލަބީގެ މި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ. މި ގޮތުން މަދަހަ އާއި ޅެމުގެ ޒަރީއާއިން ކީރިތި ރަސޫލާއަށް ހަމްދާއި ޘަނާ ކިއުމާއި އަދި ހެޔޮ ނަސޭހަތްތައް ބުނެދިނުމުން މީހުންނަށް ފަސޭހައިން ފަހުމްވާ ކަމަށާއި، މުސްތަގްބަލުގައި ވެސް ޝަލަބީގެ ފަރާތުން އިތުރު ރީތި މަދަހަތަކެއް އަޑުއިވި އަދި އެހެން ކުދިންނަށް ބުނެދީ ކިޔަވައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކީރިތި ޤުރުއާންވެސް ވަރަށް ރީތިކޮށް ޝަލަބީ ކިޔަވާތީ އެކަމުގައިވެސް ގިނަ ކުދިންތަކަކަށް އުނގަންނައި ދިނުމުގެ މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

        ކޮވިޑް ހާލަތުގެ ސަބަބުން 2020 ވަނަ އަހަރު މަދަހަ އަލްބަމް ގެނެސްދެވޭނެ ގޮތެއް ނުވުމާއެކު މި އަހަރުވެސް ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ދަތި އުނދަގޫ ކޮތަކަށް މަސައްކަތްތައް ކުރަން ޖެހުމުން، ޝަލަބީ މި ފަހަރުގެ އަލްބަމް ރެކޯޑު ކުރީ ކ. ގާފަރުގައި ނިހާން ސްޓޫޑިއޯގައެވެ. އެހެން އަހަރު ތަކާ ހިލާފަށް މި ފަހަރުގެ މަދަހަ އަލްބަމުގައި ކުރިން މަދަހަ ކިއުމުގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންނަށް ހާއްސަކޮށްގެން އެބޭފުޅުންގެ މަދަހަތަކެއް ޝަލަބީގެ އަޑުން ގެނެސްދީފައިވެއެވެ. އެގޮތުން މަރުހޫމް މުހައްމަދު ތައުފީގު (ހާޖަރާ ތައުފީގު) ގެ ”އޭ ސާހިބާ، އާއި އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) ގެ ”ރޯދައޭ..ރޯދައޭ“ އާއި ”އެމުނޭށިއޭ ރަންހާރުތައް“ އަދި ޝިފްނާގެ ”އީމާނޭ ހިތުގައި“ މި އަލްބަމުގައި ޝަލަބީގެ އަޑުން ގެނެސްދީފައިވެވެ. ޝަލަބީ ހާމަކުރި ގޮތުގައި މިއީ އެފަރާތްތަކުގެ އަގު ވަޒަންކޮށް، ހަނދާންތައް އާކުރުމަށް ކުރި ކަމެއް ކަމަށާއި މުސްތަގުބަލުގައި ވެސް މި ފަދަ ހިދުމަތްތެރި ހުނަރުވެރިންގެ އަގު މި ފަދަ ގޮތަކަށް، ޓްރިބިއުޓެއްގެ ގޮތަށް ވިޔަސް ގެނެސްދޭނެ ކަމަށެވެ.

ހިދާއީނޫރު4 ނެރުމުގެ ހަފްލާގެ ތެރެއިން އާދަމް ނަސީރު އިބްރާހިމް އާއެކު ޝަލަބީ؛ ކޮންމެ އަހަރެއްގެ މަދަހަ އަލްބަމުގައި ވެސް އާދަމް ނަސީރުގެ އެހީތެރިކަން ވަރަށް ބޮޑު

       މި ފަހަރުގެ އަލްބަމްގައި އަމިއްލަ ރާގުގެ މަދަހަތަކާއި އަދި ޝަލަބީއާއި އެކު އަބްދުﷲ ފަރީދު އަދި ނިހާން ބައިވެރިވެފައިވެއެވެ. މަދަހަ ރެކޯޑުކުރުމާއި އެހެނިހެން ކަންކަމުގައި ވެސް މި ދެފަރާތުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ޝުކުރުވެރި ކަމާއެކު ޝަލަބީ ފާހަގަކުރިއެވެ.  މީގެ އިތުރުން މި ފަހަރުގެ މަދަހަ އަލްބަމު ނެރެފައިވަނީ އަރިސް ބޮޑުބެރު ގުރޫޕުގެ ހެޔޮއެދުންތަކާއެކުގައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©