• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މިނިސްޓަރ މަލީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމާ، މަގާމުން ވަކިކުރަން ފާސްކޮށްފި

by މުރާސިލް ޓީމް
މާރޗް 1, 2021
in ޚަބަރު
0
މިނިސްޓަރ މަލީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމާ، މަގާމުން ވަކިކުރަން ފާސްކޮށްފި

ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ފުރަތަމަ ފަހަރެވެ.

މަޖިލީހުގައި ނެގި ވޯޓުގައި އޭނާގެ އިތުބާރު ނެތްކަމަށް ފެންނަ ކަަމަށް ވޯޓު ދެއްވީ މިއަދުގެ ޖަަލްސާގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 59 މެމްބަރުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.

އިތުބާރު ނެތް ކަމަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ، މަލީހު ވެސް ނިސްބަތްވެވަޑައިގަންނަވާ ޖޭޕީގެ ކައުންސިލް މެމްބަރު ތިމަރަފުށީ ދާއިރާގެ އަބްދުﷲ ރިޔާޒެވެ.

އޭނާ މަގާމުން ވަކި ކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ނިންމީ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހަދާ އޮތުމުންނެވެ.

މި މައްސަލައާއި ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް މަލީހަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ތަކުރާރުކޮށް ވިދާޅުވީ، އެ މައްސަލަ އަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެގެން ކުރިއަށް ގެންދިޔަ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީ މެމްބަރުން މަކަރާއި ހީލަތުން ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށް މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގަވާއިދުތައް ހަދާފައިވާ ކަމަށާއި، އަދި އެ ގަވާއިދުތައް ގެޒެޓު ކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. މަލީހު މިހެން ވިދާޅުވި ނަމަވެސް، ގަވާއިދުތައް ހަދާފައިވަނީ އެމްޑީޕީ ޕީޖީން މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމި ފަހުންނެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މިދިޔަ މަހު 11 ގައި މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިދިޔަ އަހަރު ފާސްކުރުމަށް ފަހު އެކަން ފުރަތަމަ ހުށަހެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް އެކަމުގައި އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެންވެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އާޒިމް އެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©