ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފައިވާތީ ހޯދަމުން ދަނީ ، ގދ. ގައްދޫ ،ނެޝަނަލްހައުސް / ، ޝިއުނީޒް އަޙްމަދު ( 33އ) އެވެ.
ޝިއުނީޒް އަޙްމަދު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 މެއި 5 ވަނަ ދުވަހުގެ 09:45 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޝިއުނީޒް ސިއްރުން ބޭރު ކުރަން އުޅުނީ ކޮންކަހަލަ މުދަލެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޝިއުނީޒް އަޙްމަދު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.




