ފެމެލީ ކޯޓުގެ މެއި މަހުގެ ތަފާސް ހިސާބުމިއަދު އާއްމުކޮށްފިއެވެ.
މެއި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ މަހުގައިވަނީ 238 ކާވެނިކޮށްފައެވެ. ސްކޫލުގެ ޗުއްޓީ ދުވަސްވަރާއި ބޮޑު ބަންދެއް ލިބޭ މެއި މަހުގައި ކާވެނީގެ އަދަދުތައް މަތިވެފައިވަނީ ބަންދު ދުވަސްތަކެއް ލިބުމުން ކަމަށް ބެލެވެއެވެ. މެއި މަހު ވަރީގެ ހިސާބުތަކަށް ބަލާއިރު 124 ވަރި ރެޖިސްޓްރީ ކޮށްފައި ވެއެވެ.
ފެމެލީ ކޯޓުގެ މެއި މަހުގެ އެހެނިހެން ތަފާސް ހިސާބަށް ބަލާއިރު
-ގެވެށި އަނިޔާގެ 9 މައްސަލަ
-ރައްކާތެރި ކުރުމުގެ އަމުރު (އަވަސް އަމުރާއި އެކު) 9 މައްސަލަ
ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު %67 މައްސަލަ ހުށައަޅާފައިވަނީ އަންހެނުންނެވެ.




