• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ދެބާވަތެއްގެ ހުއިފިލަނޑާ ރާއްޖެއިން ބޭރުކުރުން މަނާކޮށްފި

by އައިޝަތު ސައުފާ
މެއި 26, 2024
in ޚަބަރު
0
ދެބާވަތެއްގެ ހުއިފިލަނޑާ ރާއްޖެއިން ބޭރުކުރުން މަނާކޮށްފި

ލ.މާވަށުގައި ސީ ކިއުކަމްބާގެ ބާވާތެއް މީހަކު ދައްކާލަނީ،

އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެބާވަތެއްގެ ހުއިފިލަނޑާ ރާއްޖެއިން ބޭރުކުރުން ފިޝަރީސް މިނިސްޓްރީއިން މަނާ ކޮށްފިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީސް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖެއިން ބޭރުކުރުން މަނާކޮށްފައިވަނީ ކައްޗަލަ އާއި އަލަނާސި މި ދެބާވަތުގެ ހުއިފިލަނޑާއެވެ. މި ދެބާވަތުގެ ހުއިފި ލަނޑާއަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެކަމުގެ ބިރު އޮތް ދެ ބާވަތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކައްޗަލަ އަދި އަލަނާސި ހުއިފި ލަނޑާއަކީ އާންމުކޮށް ރާއްޖެއިން އެކްސްޕޯޓް ކޮށް އުޅޭ ދެބާވަތް ނަމަވެސް މި ދެބާވަތުގެ ހުއިފިލަނޑާ ބޭރުކުރުން މަނާ ކުރަން ޖެހުނީ، ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) މުއާހަދާއަށް ހުއިފިލަނޑާގެ މި ދެ ބާވަތް އިތުރުކުރުމުން އެ މުއާހަދާއަށް  އަމަލު ކުރުމުގެ ގޮތުންނެވެ.

ދިވެހިރާއްޖޭގައި ގިނަ ބާވަތުގެ ހުއިފިލަނޑާ އުޅުނު ނަމަވެސް ވިޔަފާރީގެ ގޮތުގައި ބޭރުކޮށް އުޅެނީ 15 ވަރަކަށް ބާވަތްކަމަށް މައުލޫމާތު ލިބެއެވެ. 2020 ވަނަ އަހަރު ވެސް ހުއިފި ލަނޑާގެ ދެ ބާވަތެއް ކަމުގައިވާ ކަޅު ބަޓާއި ހުދު ބަޓް ރާއްޖެއިން ބޭރުކުރުން މަނާ ކުރިއެވެ. ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން އެކަން ކުރެވޭ ގޮތް އޭރުގެ ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. ހުއިފި ލަނޑާގެ ވިޔަފާރިއަކީ ނަފާވެރިކަން ބޮޑު ވިޔަފާރިއެއް ކަމުގައިވެސް މިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ހާމަކުރެއެވެ.  

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©