• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އައިސީޖޭގެ އަމުރު ތަންފީޒު ކުރުމަށް އެމްޑީފީ އިން ގޮވާލައިފި

by އައިޝަތު ސައުފާ
މެއި 25, 2024
in ޚަބަރު
0
އައިސީޖޭގެ އަމުރު ތަންފީޒު ކުރުމަށް އެމްޑީފީ އިން ގޮވާލައިފި

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި ގައްޒާގެ ރަފާ ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ބައިނަލް އަޤްވާމީ ހުރިހާ އިދާރާތަކަށް މޯލްޑިވިއަން ޑިމޮކުރަޓިކް ޕާރޓީ އެމްޑީފީން ގޮވާލައިފިއެވެ.

އިޒްރޭލާ ދެކޮޅަށް އައިސީޖޭ އަށް މައްސަލަ ހުށަހެށައަޅާފައިވަނީ ދެކުނު އެފްރިކާއިންނެވެ. މި މައްސަލައިގައި އެދިފައިވަނީ ގައްޒާއަށް އިޒްރޭލުން ދެމުންދާ  އިންސާނިއްޔަތާއި ޙިލާފު ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އިޒްރޭލު ސިފައިން ރަފާއަށް އެރުން ހުއްޓާލުމަށާއި އަދި އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ އަމުރެއް ނެރެދިނުމަށްށެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޒަމާނުއްސުރެ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ ޢަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ  އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޚްތިރާމު ނުކުރުމަކީ މުޅި އެ ސަރަހައްދާއި އެއަށްވުރެ ދުރަށްވެސް ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށްށެވެ.

މީގެ އިތުރުން ފަލަސްތީން ރައްޔިތުންގެ ހައްގުތަކަށް އަޅާނުލެވި އޮންނަތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށާއި، ޤައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އައިސީޖޭގެ އަމުރުގެ ބޭނުން ހިފައިގެން އިޒްރޭލުން ކުށްވެރިކޮށް އެ އަމުރު ތަންފީޒުކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ބަޔާނުގައިވެ ހާމަކޮށްފައިވެއެވެ.

 އައިސީޖޭއިން ގައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވާއިރު އެ އެންގުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ފުރިހަމައަށް އަމަލުކުރުމަށް އެމްޑީޕީގެ ޤަރާރުގައި ގޮވާލާފައިވެެއެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©