• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޝަހީމަށް ރުހުން ނުދިނީ ކޮރަޕްޝަނުގެ ތުހުމަތު އޮތުމުން

by މުރާސިލު
ޖެނުއަރީ 31, 2024
in ޚަބަރު
0
އިމާމުންނަށް ހާއްސަކޮށް ޕީއެޗްޑީ ހެދުމުގެ ފުރުސަތު ހުޅުވާލަނީ

އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމަށް ރުހުން ނުދިނީ ކޮރަޕްޝަނުގެ ތުހުމަތުތަކެއް އޮތުމުން ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުނެފިއެވެ.

ރައީސް ޑރ.މުއިއްޒުގެ ކެބިނެޓަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖުލީހަށް ފޮނުވުމުން 2 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލް އުޝާމަށް ވަނީ ރުހުން ދޭން ނުފެންނަ ކަމަށް ފާސްކޮށްފައެވެ. މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ހައުސިން މިނިސްޓަރ ހައިދަރަށް އާއްމު ރައްޔިތުންގެ ފާޑުކިއުންވެސް އަންނަނީ އަމާޒުވަމުންނެވެ. ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓުތަކުގެ މައްސަލަ ލަސްކުރުމުގައި ހައިދަރުގެ އަތެއްވާ ކަމަށް އާއްމުން ތުހުމަތު ކުރެއެވެ. މީގެ އިތުރުން ގޯއްޗާއި ފުލެޓު މައްސަލާގައި ހައިދަރު ދެއްވާ ޖަވާބު ތަކަަށްވެސް އާއްމުން ހިތްހަމައެއް ނުޖެހެއެވެ.

ޑރ.ޝަހީމަކީ މީގެ ކުރިން އެތައް ފަހަރަކު އިސްލާމިކް މިނިސްޓްރީ ހިންގުމުގައި އިސްވެރިއެއްގެ ގޮތުންނާއި ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ޝަހީމަށް ރުހުން ނުލިބުނީ ކީއްވެތޯ އާއްމުންވެސް ސުވާލު އުފައްދައެވެ. އެމްޑީޕީގެ މަޖުލިސް މެމްބަރަކު ވިދާޅުވީ ޝަހީމަށް ކުރެވެމުންދާ ތުހުމަތުތައް ވަރަށް ގިނަ ކަމަށާއި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ޝަހީމު އިސްކަންދެއްވީ އެ މަނިކުފާނުގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަށް ކަންކަން ހިންގުމަށް ސަރުކާރު ތެރެއިން ފަސޭހަ ކުރުމާއި، ޕްރޮޖެކްޓުތައް ހޯދުމަށް ކަމަށެވެ. މި ގޮތުން ހުޅުމާލެއިން ހިލޭ ބިމެއް ސްކޫލެއް އެޅުމަށް ހޯދުމާއި މިނޫންވެސް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށެވެ. މީގެ އިތުރުން ދީނީ އިލްމުވެރިއަކު ދައްކަން ނުވާ ކަހަލަ އިތުބާރު ނުހިފޭ ސިޔާސީ ވާހަކަތައް ޝަހީމު ދެއްކެވުމާއި ހަގީގަތާއި ހިލާފު ވާހަކަތައް ވާދަވެރިންނާ ގުޅުވައި ދެއްކުމަކީ އެ ފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ. މި ގޮތުން އިސްލާމްދީން ބަލިކަށިކޮށްލަން އުޅުއްވީ ރައީސް ސޯލިހުގެ ވެރިކަމުގައި ކަމަށް ޝަހީމު ވިދާޅުވެ މިދިޔަ ހަފްތާފައި ބަޔާނެއް ނެރުނުއިރު ދީން ބަލިކަށި ކުރަން ކުރީ ކޮން ކަމެއްކަމެއް ވިދާޅެއް ނުވެއެވެ. ބައެއް ދީނީ އިލްމުވެރިން ހިތްހަަމަ ނުޖެހިގެން ހުއްޓާލީ އެތައް ކަމެއް މިސަރުކާރުންވެސް އަލުން ފަށައިގެން ކުރަމުން އަންނައިރު ޝަހީމު އެއްޗެއް ވިދާޅުނުވީ ކީއްވެތޯ އެ މެމްބަރުން ސުވާލު އުފައްދައެވެ. އަދި ކުރިން މިނިސްޓަރު ކަމުގައި ހުންނަވައި ވަޒީފާގެ ނާޖާއިޒު ފައިދާ ނަގައިގެން ބޭރު ބަޔަކާ ގުޅިގެން ރަން ވިއްކާވިޔަފާރިތަކެއް ފެށުމާއި މިހާރުވެސް ޝަހީމުގެ ވިޔަފާރި ބައިވެރިންނާއި މަސްލަހަތު އޮތް ކުންފުނިތަކުގެ ވެރިން މިނިސްޓްރީން މަތީ މަގާމުތައް ދެއްވާފައިވާ ކަމަށްވެސް އެ ބޭފުޅުން ތުހުމަތު ކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©