• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ބޮޑުފޮޅުދޫގައި ހިނގިކަމެއް ކަމަށްބުނެ ސޯސަލްމީޑިއާގައި ދައުރުވަމުންދަނީ ދޮގު ވާހަކަތަކެއް – ކައުންސިލް ރައީސް

by އަބްދުﷲ ސަފީގު އަލީ
ޑިސެމްބަރ 14, 2023
in ޚަބަރު
0
ބޮޑުފޮޅުދޫގައި ހިނގިކަމެއް ކަމަށްބުނެ ސޯސަލްމީޑިއާގައި ދައުރުވަމުންދަނީ ދޮގު ވާހަކަތަކެއް – ކައުންސިލް ރައީސް

އއ.ބޮޑުފޮޅުދޫގައި ރޭގައި ހިނގި ހާދިސާއެއް ކަމަށްބުނެ ސޯސަލްމީޑިއާގައި ދައުރުވަމުންދަނީ ކަމުގެ ހަގީގަތާއި ހިލާފު މައުލޫމާތު ހިމެނޭ ވީޑިއޯއެއް ކަމަށް ކައުންސިލުން މައުލޫމާތު ދީފިއެވެ.

މިއަދު ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ޕޯސްޓެއްގައި ބުނެފައިވަނީ ރޭ ބޮޑުފޮޅުދޫގައި ވަރަށް ބޮޑު ހަމަނުޖެހުމެއް ހިނގި ކަމަށެވެ. މި ހަމަނުޖެހުން ހިނގަން މެދުވެރިވީ ރަށުން ބޭރު ފިރިހެނަކު އެ ރަށު އަންހެނަކާއި ކޮންމެ ރެއަކު ސިއްރުން ބައްދަލުކުރާ މައްސަލާގައިއެވެ. މި އަންހެންމީހާ އުޅެނީ މީހަކާ އިނދެގެން ކަމަށާއި ރަށުން ބޭރު (އެރަށަށް އަންނަ އެހެން ރަށެއްގެ ފިރިހެން މީހާ) ވެސް އުޅެނީ މީހަކާ އިނދެގެން ކަމަށެވެ. އެމީހުން ބައްދަލުކުރާކަށް ފަޅާއަރައި، އެ މައްސަލާގައި ރަށުގައި ދެ އާއިލާއިން ނިކުމެ ވަރުގަދަ ޒުވާބެއް ހިނގީކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ހޯދަން އެ ރަށު ކައުންސިލަށް ގުޅުމުން ކައުންސިލު އިދާރާއިންވެސް މައުލޫމާތު ދިނީ އެއީ ސައްހަ ވާހަކައެއް ނޫން ކަމަށެވެ. އެކަމުގެ ތަފްސީލު ދެއްވަމުން ކައުންސިލުގެ ރައީސް ސުޖާއު ވިދާޅުވީ ދައުރުވަމުންދާ ވީޑިއޯއާއި އެ ވީޑިއޯއާއި ބެހޭޣޮތުން ލިޔަމުންދާ ވާހަކަތަކަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މި ގޮތުން އެ ވީޑިއޯގައި ބުނާ ހާދިސާއެއް އަދި އެފަދަ އެހެން ހަމަނުޖެހުމެއް ފަދަ ކަމެއް ރޭގައިވެސް އަދި މި މަހުވެސް ދިމާ ނުވާކަމަށެވެ. އެ ވީޑިއޯގައި ފެންނަނީ އެހެން މައްސަލައެއްގައި ދެ އާއިލާއަކުން ދެބަސްވާ މަންޒަރު ކަމަށާއި، އެއީ މީގެ މަހެއް ކުރިން ނިމިފައިވާ މައްސަލައެއް ކަމަށެވެ. އެ ޒުވާބު ހިނގި ވަގުތު ސުޖާއުވެސް ހުންނެވި ކަމަށާއި ދެ ފަރާތުން ދެބަސްވުމަކަށް ދިޔައީ ސޯސަލް މީޑިއާގައި ފޭކު އެކައުންޓުތަކެއް ހުޅުވައިގެން، އެކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުތަކެއް ކުރި މައްސަލަައެވެ. ސުޖާއު ވިދާޅުވީ ފޭސްބުކް ޕޭޖަކުން އެ ވީޑިއޯއާއި އެ ކަމާ ބެހޭގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރާތީ އެ ފާރަތަށް ވާނީ މެސެޖުކޮށް، އެ ކަންތައްވީގޮތް ކިޔާދީފައެވެ.

https://fb.watch/oWuzkSQS9s/

މިހާރަކަށް އައިސް ސޯސަލް މީޑިއާގައި ސައްހަނޫން މައުލޫމާތާއި ބައެއް ފަރުދުންގެ ޒާތީ އަމިއްލަ ކަންކަން ފަތުރައި މީހުންގެ އަބުރު ގެއްލޭކަންތައްތައް ދަނީ ކުރަމުންދެއެވެ. މި ފަދަ ދޮގުމައުލޫމާތުތައް ހިމެނޭ ލިޔުންތައް ފެތުރުމުގައި ބައެއް އާއްމުންވެސް ބައިވެރިވާއިރު ބައެއް ޕޭޖުތަކުން އެފަދަ ލިޔުންތަކާއި ފޮޓޯތައް ޝާއިއުކުރަނީ އެ ޕޭޖުތަކަށް ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ.

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އޭޕްރިލް 25, 2026
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©