• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މެޑިކަލް ޗެކަޕް، އައިވީއެފް އަދި ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުވާއިރު ކުރަން ޖެހޭ ހަރަދު އާސަންދައިން ލިބޭގޮތް ހަމަޖައްސައިފި

by މުރާސިލް ޓީމް
ޑިސެމްބަރ 6, 2023
in ޚަބަރު
0
މެޑިކަލް ޗެކަޕް، އައިވީއެފް އަދި ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުވާއިރު ކުރަން ޖެހޭ ހަރަދު އާސަންދައިން ލިބޭގޮތް ހަމަޖައްސައިފި

ސަރުކާރުގެ ހޮސްޕިޓަލްތަކުންނާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް، އަދި އާސަންދަ ސްކީމުގައި ރަޖިސްޓަރ ވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން މެޑިކަލް ޗެކްއަޕް ހެދުމަށާއި، ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާއިރު ހޮސްޕިޓަލް ބަދަލުކުރުމަށް އަތުން ކުރަންޖެހޭ ޚަރަދަށާއި، އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައި.ވީ.އެފް.) ގެ ފަރުވާއަށް އާސަންދަ ދިނުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާސަންދައާ ގުޅޭގޮތުން 3 ކަމަކަށް މިސަރުކާރުން ވަޢުދުވެފައިވާކަން ފާހަގަކުރައްވައި، އެކަންކަމާގުޅޭ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވިއެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ރައީސް ވިދާޅުވީ، ބަލިޖެހުމުގެ ކުރިން އެ ބަލިން ރައްކާތެރިކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ މައިގަނޑު އެއް ސިޔާސަތުކަމަށެވެ. އެހެންކަމުން އާސަންދައިގެ ތެރޭގައި ހިމެނޭ ޚިދުމަތެއްގޮތުގައި މެޑިކަލް ޗެކްއަޕް ފޯރުކޮށްދީ، އެކަމަށް މީހުން އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެކި އުމުރުފުރަޔަށް ބަހާލައިގެން އެކިކަހަލަ ޕެކޭޖްތައް ކަނޑައަޅައި ޢިއުލާން ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޑޮކްޓަރުން ވަކި ކަމަކަށް ލަފާ ދީފިނަމަ، އެ ދޭ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހެދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ކަންކަމުގެ ސަބަބުން ޤައުމުގައި ފެތުރޭ ގައިންގަޔަށް ނާރާ ބަލިތަކާއި، ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީއަކަށް ވެގެންދާނެ ކަމަށާއި، ރައްކާތެރިގޮތެއްގައި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރުމަށް އެހީތެރިވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އާސަންދައާ ގުޅޭ ދެވަނަ ވަޢުދެއްގެ ގޮތުން، އާސަންދައިގެ ތެރެއިން ރާއްޖެއިން ބޭރު ޤައުމެއްގައި ފަރުވާ ހޯދުމުގައި، ފެންވަރު ރަނގަޅު އެހެން ހޮސްޕިޓަލަކަށް ބަދަލުވާއިރު އަމިއްލައަށް އިތުރަށް ކުރަންޖެހޭ ޚަރަދުތައް އާސަންދައިގެ ތެރޭގައި ހިމެނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވިއެވެ. އަދި މިކަން ކުރައްވާނެ ގޮތުގެ ތަފްޞީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އާސަންދަ ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހިމަނާފައިވާ ބޭރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާނެ ގްރޭޑިންގ ނިޒާމެއް ކަނޑައަޅުއްވާނެ ކަމުގައެވެ. އަދި ބަލިމީހާ ބޭނުންވާ ހާލަތެއްގައި އެއްގްރޭޑުގައި ހިމެނޭ ހޮސްޕިޓަލް އަނެއް ގްރޭޑުގައި ހިމެނޭ ހޮސްޕިޓަލަކަށް ބަދަލުވެގެން ދާއިރު، އިތުރަށް އަމިއްލައަށް ދައްކަންޖެހޭ ފައިސާ އާސަންދައިން ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އާސަންދައާ ގުޅޭ ތިންވަނަ ވަޢުދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވަނީ، ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައި.ވީ.އެފް. އަދި އައި.ޔޫ.އައި. ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިންމެވުމެވެ.
އަދި ދަރިމައިވުމުގެ ފަރުވާ ހިމެނޭ ގޮތަށް އާސަންދަ ސްކީމްގެ ޤަވާއިދު އިޞްލާހުކޮށް ގެޒެޓްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެކަމަށް އުޞޫލެއް އެކުލަވާލައި އެކަންވެސް އިއުލާން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުންވެސް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި، ރާއްޖެއިން ބޭރުގައި ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ޚިދުމަތް ލިބޭނެ ހޮސްޕިޓަލްތައް ކަޑައެޅިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރިމައިވުމުގެ ސިއްހަތަށް ހާއްސަ ފަރޓިލިޓީ ކެއާރ އަށް ހާއްސަކޮށް މިހާރު އައި.ޖީ.އެމް. ހޮސްޕިޓަލުގައި ހުރި މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މިފަދަ އިތުރު މަރުކަޒެއް ޤާއިމު ކުރެވިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދަރިމައިވުމުގެ ސިއްހަތަށް ހާއްސަ ފަރޓިލިޓީ ކެއާރ ފަންޑެއް ސަރުކާރުގެ ބަޖެޓުން ޤާއިމު ކުރައްވާނެކަމުގައިވެސް އެމަނކުފާނު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©