ސަރުކާރުގެ ޔުޓިލިޓީޒް ކުންފުނި ފެނަކައިގެ ގިނަ އަދަދެއްގެ މުއައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ މައްސަލައެއް ފެންމަތިވެއްޖެއެެވެ.
ބައެއް މުއައްޒަފުންތަކެއް ވަކި ކުރަނީ ދާއިމީ ނޫން (ކޮންޓްރެކްޓު) މުއައްޒަފުންތަކެއް ކަމަށް ބުނެއެވެ. ނަމަވެސް ފެނަކައިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ކޮންމެ ކުންފުންޏަކަށްވެސް ވަޒީފާދޭއިރު އިންނަ ޕްރޮބޭޝަން މުއްދަތެއް އިންނަ ކަމަށާއި އެ މުއްދަތަކީ 3 މަސްދުވަސް ކަމަށެވެ. 3 މަސް ހަމަވުމުން އެމީހެއްގެ މަސައްކަތުގެ އަހުލާގާއި ޕާފޯމެންސް ނެތްކަމަށް މުއައްޒަފުގެ އިވުލުއޭޝަނަކުން ދައްކައިފި ނަމަ ވަކި ކުރެވިދާނެ ކަމަށާއި ނަމަވެސް ސަރުކާރު ބަދަލުވުމުން، ސަރުކާރުގެ ފިކުރަށް ތާއިދު ނުކޮށް ނުވަތަ އަލަށް އަންނަ ސަރުކާރުން ބޭނުންވާ ބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި އެއްވެސް މުއައްޒަފެއް ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށެވެ. މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖުލީހުގައި މިއަދު ދަނި ބަހުސް ކުރެވެމުންނެވެ. މެމްބަރުންގެ ކަންބޮޑުވުންތައް ހުރިގޮތަށް ބަލާއިރު ފެނަކައިން ވަޒީފާ އން ވަކި ކުރަނީ އާދާއިގެ މުއައްޒަފުންނެވެ.
ސަޕްލަޔަރުންނަށް ލާރި ނުދެއްކި ދަަރަނިވެރިވެފައިވާކަމަށް ބުނާ ފެނަކައަށް ގިނަ އަދަދެއްގެ މެނޭޖަރުން ހޯދުމަށްވެސް ވަނީ އިއުލާންކޮށްފައެވެ. މިއީ މިހާރުވެސް ތިބި މެނޭޖަރުންގެ އިތުރުން ’ސްޓޭޝަން މެނޭޖަރު‘ ގެ ނަމުގައި އައްޔަންކުރާ މަގާމެއް ކަމަށްވެއެވެ. އަލަށް އިއުލާންކޮށްފައިވާ މެނޭޖަރުންގެ ސަރުތުތަކެއް ނެތް އިރު އެމީހުންނަށް ދޭ މުސާރަވެސް ބުނެފައި ނުވުމުން ގިނަ ބައެއްގެ ފާޑިކިއުން އަންނަނީ އަމާޒުވަމުންނެވެ.
ފެނަކަ ބުރާންޗުތައް ހުންނަ ކޮންމެ ރަށެއްގައި މިހާރުވެސް މެނޭޖަރެއް ހުރެއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ކުރީގެ މަޖުލިސް މެމްބަރު މުއާޒު މުހައްމަދު ރަޝީދެވެ.





Vettun sarukaarun dharani inthihaayah bodu kuri massala cout thakah fonuvan jehey. Kuree huss vakkan. Vazeefaa dhinee nukulhadhaana min varah.