• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސަލްޓަންޕާކުން ކޮނުނު ފަސްފުންޏަކުން ފެނުނު ރިހި ފައިސާފޮތިތައް ގެއްލުނީ ފަސްފުންޏާވެސް އެކީގަ!

by އަބްދުﷲ ސަފީގު އަލީ
ޑިސެމްބަރ 4, 2023
in ޚަބަރު
1
ސަލްޓަންޕާކުން ކޮނުނު ފަސްފުންޏަކުން ފެނުނު ރިހި ފައިސާފޮތިތައް ގެއްލުނީ ފަސްފުންޏާވެސް އެކީގަ!

ސަލްޓަން ޕާކު މަރާމާތުކޮށް އަލުން 'ރަސްރަނި ބަގީޗާގެ ނަމުގައި' ހުޅުވި ރަސްމިއްޔާތު ގައި އޭރުގެ ރައީސް ޔާމިން އަދި އަރިހުގައި ހައުސިން މިނިސްޓަރ ޑރ.މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނިކޮށް ފެނުނު އާސާރި ފައިސާފޮތިތަކެއް ގެއްލިފައިވާކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖުލީހުގެ މެމްބަރުން މިނިސްޓަރުންނާ ކުރަން ފޮނުވާފައިވާ ސުވާލުތަކުގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިޔުމުން ހުށަހެޅުއްވި ސުވާލުގެ ޖަވާބު ގައި ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން މިއަދު ލިއުމުން ފޮނުވި ޖަވާބުގައި ވިދާޅުވެފައިވަނީ 2017 ވަނަ އަހަރު ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު ކޮނުނު ވަޅެއްގެ ތެރެއިންނާއި އެ ވަޅުން ނެގި ފަސް ފުނީގެ ތެރެއިން އަސާރީ ފައިސާ ފޮތިތަކެއް ފެނިފައިވާ ކަމަށެވެ. އެކަން އެނގީ ސަލްޓަން ޕާކު ތަރައްގީ ކުރަމުންދިޔަ އެމްއެންޑީއެފުން ކަމަށެވެ.

ލިލީ މަގާ ދިމާލުން ސަލްޓާން ޕާކް ކައިރިން ރިހި ފައިސާ ފޮތިތަކާއި، މުށި ސީނުތަށިތަކާއި، ގުޅީގެ ބައިތަކެއް ފެނިފައިވާކަމަށް އެމްއެންޑީއެފްއިން އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްއަށް އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ހެރިޓޭޖް ޑިޕާޓްމަންޓުގެ ޓީމެއް ސަލްޓަން ޕާކަށް ގޮސް ބެލިކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި ފަސް ފުނިން ފުރާނައިގެން އިރުއޮއްސުމާ ހަމައަށް 96 ފައިސާ ފޮތި ފެނުނު ކަމަށާއި، އިތުރަށް ފެނިދާނެ ކަމަށް ބަލައި ޖެހިގެން އައި ދުވަހު ދިޔައިރު ފަސްފުނިވެސް ވަނީ ގެއްލިފައެވެ.

ސަލްޓަން ޕާކުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ފެނުނު ރިހި ފައިސާ ފޮތިތަކެއް ގެއްލުނު ވާހަކަ އެ ދުވަސްވަރު ވަރަށް ބޮޑަށް ދެކެވުނެވެ. މިކަން ހިނގާފައި ވަނީ ޔުމްނާ މައުމޫން މިނިސްޓަރުކަމާ ހަވާލުވުމުގެ ކުރިން، އޭގެ ކުރީ ސަރުކާރުގެ ތެރޭގައެވެ.

އޭގެ އިތުރުން އޮކްޓޯބަރު 18، 2017 ގައި އެމްއެންޑީއެފްއިން 43 ފައިސާ ފޮތި ހެރިޓޭޖު ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށާއި، މިވަގުތު ޖުމްލަ 139 ފައިސާ ފޮތި ދާރުލްއާސާރުގައި އޮތްކަމަށް ޔުމްނާ ވިދާޅުވި އެވެ.

އަދި ޖުލައި 19, 2017 ގައި 713 ސީނު ތަށި، ގުޅިއެއްގެ ބައިތަކަކާއި ލޯ ތާހެއް ވެސް ދާރުލްއާސާރަށް ލިބިފައިވާ ކަމަށް، ދާރުލްއާސާރާ ހަވާލާ ދީ ޔުމްނާ ވިދާޅުވި އެވެ.

މަޖުލިސް މެމްބަރުންނަށް ފޮނުވާފައިވާ ސުވާލު ތަަކަކީ ކުރީސަރުކާރުގައި މިނިސްޓަރުންނަށް ކުރަން ބޭނުންވި ސުވާލުތަކެއް ކަމަށްވިޔަސް މަޖުލީހުގެ ރިޔާސަތު ބެލެހެއްޓެވި މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާ ހަމައަށް މި ސުވާލުތައް ވަނީ މެމްބަރުންނާ ހަމައަށް ގެނެސް ނުދެއްވާފައެވެ. މި ގޮތުން 50 އަށް ވުރެ ގިނަ ސުވާލާއި މައުލޫމާތު ސާފުކުރުމަށް މިނސިްޓަރުންނަށް ފޮނުވައި މަޖުލީހަށް ޖަވާބު ލިބިފައިވެއެވެ. މަޖުލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކުރިން ޖަވާބު ލިބިފައިވާ ސުވާލުތައް ކޮންމެ ދުވަހަކު އިދާރީ މޭޒުން މަޖުލީހުގެ މެމްބަރުންނަށް އިއްވަމުން ގެންދަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އޭޕްރިލް 25, 2026
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025

Comments 1

  1. އ.ރ.ބ says:
    2 years ago

    ފެނުނު ފައިސާ ފޮތި ތައް ގެއްލުނު ވާހަކައެއް ނެތެއްނު ފަސްފުނި ގެއްލުނުވާހަކަ ތިއޮތީ
    ޖުމްލަ 139 ފައިސާފޮތި ދާރުލްއާސާރުގަ އޮތް ވާހަކަ ލިއުމުގަ އެބައޮތް

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©