ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް، ގަލޮޅު ފިނިވިލު މުޙައްމަދު ޠަލާލް ޢައްޔަން ކުރައްވައިފިއެވެ.
މުޙައްމަދު ޠަލާލް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ.
ތޮލާލަކީ ޕީޕީއެމް ގެ ސެކެޓްރީ ޖެނެރަލް ގެ އިތުރުން ޑރ. މުއިއްޒު ގެ ރިޔާސީ ކެމްޕޭނުގައި އިންތިހާބީ އެޖެންޓުގެ ގޮތުގައި ކަނޑައެޅި ފަރާތެވެ. ޕީޕީއެމް ޕީއެންސީ އެއްކޮށް ހިންގަމުންދިޔައިރު ދެ ޕާޓީގެވެސް ސެކެޓެރިއެޓް ބަލަހައްޓަވަމުން ގެންދިޔައީ ތޮލާލެވެ.




