ގއ ގެމަނަފުށީ ކައިރީގައި ފީނަން އެރި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވީ ގއ.ކަނޑު ހުޅުދޫ ، ބުލޫޑައިމަންޑު، އަލީ ލުތުފީ (ބޮޑަ އައްޔަ / 45އ) އެވެ.
ފުލުހުން މިރޭ ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ގެމަނަފުށްޓަށް ވަންނަން އައި ލޯންޗެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ގެމަނަފުށީ މީހުން ބުނަގޮތުން ލަނޑާ ނަގަން ފިނަން އުޅުނު ބައެއްގެ ތެރެއިން އެކަކު ގައިގަ ލޯންޗުގެ ބުރަފަތިން ޖެހި ޒަހަމްވީ ގެމަނަފުށީ ނެރު ކައިރިންނެވެ. ޑިންގީ ސައިޒުގެ މި ލޯންޗު ގެމަނަފުއްޓަށް ވަންނަން އަންނަނކޮށް އަލީ ލުތުފީ ގައިގަ ބުރަފަތިން ޖެހި ވަރަށް ބޮޑު ޒަހަމެއް ހުރިކަމަށްވެއެވެ. ލޯންޗު ރަަށަށް ލެފުމަށްފަހު ހާދިސާއެއް ހިނގި ކަމަށް ބުނުމުން އަލުން އެ ސަރަހައްދަށްގޮސް އަލީ ލުތުފީ ނަގައިގެން ގެނެސް ގެމަނަފުށި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ފުރާނަ ނެތް ކަމަަށް އެރަށުން ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ.




