މަރާމާރީއެއްގެ މައްސަލައިގައި ހައްޔަރު ކުރި އަހުމަދު އަޝްރަފް (ޝުމްބާ) ދޫކޮށްލައިފިއެވެ.
ޕޮލިހުން މައުލޫމާތު ދޭގޮތުގައި ރޭގެ ވަގުތެއްގައި ޝުމްބާ ހައްޔަރުކުރީ މަރާމާރީއެއް ހިންގުމަށް ހިތްވަރުދީ އެކަން ކުރުވަން ރޭވި ކަމުގެ ތުހުމަތުގައެވެ. ރޭ ކެނެރީ މަގުގައި ހިނގި މަރާމާރީއާއި ޝުމްބާއާއި ހުރި ގުޅުމުގެ ތަފްސީލެއް ނުދީ ފުލުހުން ބުނެފައިވަނީ ޝުމްބާ ދޫކޮށްލީ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޟިރު ކުރުމުން ކޯޓުން ކަމަށެވެ.
މީގެ ކުރިން ސިޔާސީ އެކި ޕާޓީތަކުގެ އެކްޓިވިސްޓަކަށް އުޅުނު އަހުމަދު އަޝްރަފު (ޝުމްބާ) މިހާރު ސިޔާސީ ގޮތުން މަސައްކަތް ކުރަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓް ޕާޓީގައެވެ.




