ރައްޔިތުން މަޖުލީހުގެ މުއައްޒަފުންގެ މުސާރަ ބޮޑު ކުރަން ހުށައަޅައިފިއެވެ.
މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާތާ 11 އަހަރުވެފައިވާތީ މުސާރަ ބޮޑުކުރަން ފެންނަ ކަމަށް ކޮމިޓީން ލަފާ ދިނުމުން އެކަމަށް ހިނގާނެ ހަރަދު ބަލައި މަޖިލީހުގެ އިދާރާއިން ވަނީ އާއްމު ކޮމިޓީއަށް ރިޕޯޓެއް ހުށަހަޅައިފައެވެ.
އާންމު ކޮމިޓީގައި، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ، އަސާސީ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި ހުށަހަޅާފައިވާނީ އެލަވަންސްތައް ބޮޑުކުރުމަށް ކަމަށެވެ. އެގޮތަށް އެކަން ކުރުމަށް ހުށަހެޅީ، އަސާސީ މުސާރައަށް ބަދަލު ގެނައުމުން އިތުރު ގަޑިއާއި ޕެންޝަނަށް ދައްކާ ފައިސާ އިތުރުވެ، ބަޖެޓަށް ބާރުބޮޑުވާނެތީކަމަށް އޭނާ ވިދާޅުވިއެވެ.
އެލަވަންސަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަކީ:
- ޕާލިމަންޓް ސާވިސް ނަމުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދޭ 200ރ ހާޟިރީ އެލަވަންސަށް ބަދަލު ކުރުން
- ޕާލިމަންޓްރީ ސާވިސް އެލަވަންސްއަށް ބޭސިކްގެ މުސާރައިގެ 20 ޕަސެންޓް ދިނުން،
- މާސްޓާސް ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 1،500ރ އިން 2،000ރ އަށް ބޮޑުކުރުން،
- ޑިގްރީ ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 1،000ރ އިން 1،500ރ އަށް ބޮޑުކުރުން،
- ޑިޕްލޮމާ ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 7،00ރ އިން 1،000ރ އަށް ބޮޑުކުރުން
- ޓެކްނިކަލް ސެޓްފިކެޓް އޮންނަ މުވައްޒަފުންނަށްދޭ އެލަވަންސް 500ރ އިން 700ރ އަށް ބޮޑުކުރުން
- މަޖިލީހުގެ ޖަލްސާތަކަށާއި ހާއްސަ އިވެންޓުތަކަށް ކޯޓު ލައިގެން ހާޒިރުވާންޖެހޭ މުވައްޒަފުންނަށް އަހަރަކު ދެ ފަހަރު ދޭ 5،100ރ. ގެ އެލަވަންސް ކުޑަކޮށް، އެ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ދިނުން
މަޖިލީހުގެ މުވައްޒަފުންގެ އެލަވަންސްތައް ބޮޑުކުރުމުން މަޖިލީހުގެ ޖުމްލަ ބަޖެޓަށް އިތުރުވާނީ އަހަރަކު 4.6 މިލިއަން ރުފިޔާއެވެެ. އެގޮތަށް ބަދަލު ގެނެސްފިނަމަ، މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓު 190 މިލިއަން ރުފިޔާއަށް އަރާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި އާއްމު ކޮމިޓީއަށް ހުށަހެޅީ 186 މިލިއަން ރުފިޔާއެވެ.





ރައްޔިތުންމަޖިލީހުގެ މީހުންގެ މުސާރަކުޑައީތަ އަދިވެސް ރާޖެބަގުރޫޓުވާއިރު ރައްޔިތުންނައްހެޔޮއެދޭމެއްބަރަކުނެއްކަން ވަރައްދެރަ މުޅިމާލިއްޔަތު މެއްބަރުންއެކީނަގައްވީނު މަޖީހުންވާކަމެއްނެތަސް
kobaitha nikamethi school thakuge masakathu mihun ge musaara haadha burakon ney emihun masakaiy kurani libeni haadha kudha musaarayeke dherave ebeyfulhun ufulaa desk godithah fenunima ekamu nulibey rangalhu musaarayeh ve
School thakuge masakathu mihunge musarayah heyobadhaleh gens dheyne veriyeh majilis menbareh nethitha haadha burakon ney aebeyfulhun ulheni desck ugodi machah aruvaa beylumuga bodu iventeh othiyaa hindhamaalane vagutheh nuve kuraa masakaiyfenunima dhera vegen lolun karuna aadhe mulhin ves ulheni 40mathi umuruge an henu n
ނިކަމެތިންނަށް މުސާރަ ބޮނޑުކޮށްބަލަ އަދިވެސް މިބާގަޑުއުޅެނީމަދުވެގެއް!!!!!!!!!!!!!!!