މާލެ އަތޮޅު ދޫނިދޫ އާއި ފުނަދޫ ދޭތެރޭ ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވަނީ ދޫނިދޫ އާއި ފުނަދުއާ ދޭތެރޭ ކަނޑުމަތިން، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ފުލުހުން އެހެން ބުނީ، ހުޅުލޭ ކައިރީ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ދައުރުވަމުން ދަނިކޮށެވެ. އެ ވީޑިއޯގައިން ހަށިގަނޑު ދެފެން ދޭތެރެއިން ފެންނަ އިރު ވަރަށް ބޮޑަށް ޒަހަމުވެފައިވާ ކަމަށްވެސް މީހަކު ބުނާ އަޑުއިވެއެވެ.




