• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޝާހު ވެސް ގާސިމް ދޫކޮށް، ރައީސް އަށް ތާއިދުކުރަން ނިންމައިފި

by މުރާސިލް ޓީމް
މާރޗް 31, 2023
in ޚަބަރު
0
ޝާހު ވެސް ގާސިމް ދޫކޮށް، ރައީސް އަށް ތާއިދުކުރަން ނިންމައިފި

އެމްޑަބްލިއު އެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރަން ނިންމަވައިފިއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަނާ ނުލައި ޖޭޕީ އިސްވެ އޮވެ ރައީސް ކަމަށް ކުރިމަތިލާފައިވާ ގާސިމް އިބްރާހިމް ގެ ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ޝާހު ޖޭޕީ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ”ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގައި ދައްކަވައި ދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާ، އަސާސީ ހިދުމަތް ފޯރުކޮށްދިނުމާ، ތަރައްގީއެވެ. ވީމާ 2023 ވަނަ އަހަރުގެ ރިޔާސި އިންތިހާބުގައި އެމަނިކުފާނަށް އަޅުގަނޑު ތާއިދު ކުރާތީ ތިޔަ ޕާޓީގެ ކައުންސިލް މެމްބަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ. އަދި ޖޭޕީގެ ދަފްތަރުން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދި އިހުތިރާމާއި އެކު ދެންނެވީމެވެ.“

ހަސަންޝާހު މީގެ ކުރިން އެމްޑީޕީގެ އިސް މަގާމުތަކެއްވެސް ފުރުއްވިއެވެ. އޭގެ ތެރޭގައި ޕާޓީގެ ރަޖިސްޓްރަރ ގެ މަގާމު ވެސް ހިމެނެއެވެ.

ހަޔަރ އެޑިކޭޝަން މިނިސްޓްރީ ގެ ނައިބު އައިމިނަތު މުހައްމަދު ސަލީމް (ސޯނީ) ވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރަން ނިންމަވާފައެވެ. ސޯސަލް މީޑިއާގައި ހާމަކޮށްފައިވާ ސިޓީގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބުތައް ބަޔާން ކުރައްވާފައިވެއެވެ. އަދި އެ މަނިކުފާނުގެ ވެރިކަމަކީ މިހާތަނަށް ފެނުނު އެންމެ އަމާން އޮމާން ވެރިކަމަށް ވެފައި ތައުލީމީ ޖީލެއް ބިނާކުރަން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައިވެއެވެ.

Kuriah oiy 2023 riyaasee inthihaabugai Raees @ibusolih ah thaaeedhu kuraathy adhi e masakkathugai amalee gothun ulhen beynun vaathy miadhu JP ge membarukamun isthiufa dheefeemeve. pic.twitter.com/BlOPDRhTKH

— Sony Adi Iad (@Soniy_adi) March 30, 2023
ސަރުކާރުގެ އިސް މަގާމެއްގައި ހުރި ޖޭޕީގެ މެމްބަރަކު ރައީސްއަށް ތާއިދު ކުރުމަށް ނިންމައި ، މެމްބަރުކަމުން ވަކިވުމަށް ފޮނުވާފައިވާ ސިޓީއެއް، ގިނަ ބަޔަކު ދަނީ ގާސިމް ގެ ނިންމުމަށް ފާޑުކިޔަމުން

އެމްޓީސީސީ ގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމްއާއި، އެމްޑަބްލީއު އެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ގެ ނައިބު ސޯނީ ގެ އިތުރުން މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެން ޑް ހެރިޓޭޖް ގެ ސްޓޭޓް މިނިސްޓަރ ވަލީދާ ގެ އިތުރުންވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި (ސަރުކާރުގެ މަގާމުތަކުގައި ތިބި) ބައެއް ފަރާތްތަކުން ވަނީ ރައީސަށް ތާއިދުކުރަން ނިންމާ، ޖުމްހޫރީ ޕާޓީން ވަކިވެފައެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©