• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ރައީސް ރިއެކްޓުކުރަން ފައްޓަވައިފި؛ ހާރޫނުވެސް މާގާމުން ވަކިކޮށްފި

by މުރާސިލް ޓީމް
މާރޗް 30, 2023
in ޚަބަރު
0
ރައީސް ރިއެކްޓުކުރަން ފައްޓަވައިފި؛ ހާރޫނުވެސް މާގާމުން ވަކިކޮށްފި

ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ގއ، ވިލިނގިލި، ހިޔަލީގެ، ހާރޫން ރަޝީދު ވަކިކޮށްފިއެވެ. އެގްރޯނެޓަކީ ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާ އޮންނަ, މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ނިމިގެން ދިޔަ ދެ މަޖްލިސް އިންތިހާބުގައިވެސް ގއ. ވިލިނގިލީ ދާއިރާގެ މެމްބަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހާރޫން, އެގްރޯ ނެޓްގެ އެމްޑީއަކަށް އައްޔަނު ކުރެއްވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމް ވެސް ފުރުއްވި ހާރޫން ވަނީ އެސްއެޗްއާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެންޓްރެކް މޯލްޑިވްސްގެ މެނޭޖަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

އެގްރޯނެޓްގެ އެމްޑީ ހާރޫން މަގާމުން ވަކިކޮށްފައިމިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ނުކުރައްވާ ބޭފުޅުން މަގާމުން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހާރޫން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވަން ނިންމަވައި ކެމްޕެއިންގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އިންތިހާބުން ބަލިވެވަޑައިގަތުމުން އެކަން ގަބޫލު ނުކުރައްވާ ރައީސް ނަޝީދު އަންނަނީ ’ފިކުރެއްގެ ދިރުން‘ ނަމުގައި ރައީސް ޞާލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. މި ސަރުކާރާ ދެކޮޅަށް މެދުކެނޑުމެއްނެތި ވަރަށް ފާޅުގައި ފާޑުވިދާޅުވެ، ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަންވެސް ހާރޫނު ވަނީ މަސައްކަތްކޮށްފައެވެ.

އެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވެސް އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކި ކުރައްވާފައެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދު ވެސް މަގާމުން ވަކިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©